61 ޕޮލިސް ސްޓޭޝަނެއް ހަދަން ފައިސާ ދިނުމަށްފަހު، ޢަމަލީ މަސައްކަތެއް ފެށިފައިނުވާތީ އެކަން ހިނގާދިޔަ ގޮތް ބަލަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
61 ޕޮލިސް ސްޓޭޝަނެއް ހަދަން ފައިސާ ދިނުމަށްފަހު، ޢަމަލީ މަސައްކަތެއް ފެށިފައިނުވާތީ އެކަން ހިނގާދިޔަ ގޮތް ބަލަނީ!

61 ޕޮލިސް ސްޓޭޝަނެއް ހަދަން އިންޑިއާގެ ކުންފުންޏަކަށް  މިސިޔް ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދިނުމަށްފަހު، އެ ސްޓޭޝަންތަކުގެ އެއްވެސް ޢަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައިނުވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް އޮޑިޓްކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސީޕީ ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން ހަވާލުކުރި ޕްރޮޖެކްޓު ކުރިއަށް ނުގެން ގޮސް، މަޑުޖެހުނު ގޮތާއި އެ މަޝްރޫއު ހިނގައި ދިޔަ ގޮތުގެ އޮޑިޓެއް ހަދަމުން އަންނަ ކަމަށެވެ.

މި އޮޑިޓު ނިމުމުން އެ މަޝްރޫޢުއަށް ވެފައި އޮތް ގޮތެއް އެނގޭނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި މިދިޔަ ސަރުކާރުގައި އެހާ ގިނަ ޢަދަދެއްގެ ޕޮލިސް ސްޓޭޝަންތަކެއް އެޅުމަށް އިންޑިއާގެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ ފުލުހުންގެ ޚިދުމަތަށްވެސް ނޭނގިކަމަށް ސީޕީ ވިދާޅުވިއެވެ.

މިއަދު އޮންލައިން