ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު ބަލައިގަނެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފި

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލް ރައްޔިތުންގެ މަޖިލިހަށް މިއަދު ބަލައިގަންނަން ފާސްކޮށް، އެ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީ އަށް ފޮނުވައިފިއެވެ.

އިންޔެގެ ޖަލްސާގައި ނެގި ވޯޓުގައި މި ދެ ބިލު ބަލައިގަތުމަށް ވެސް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލުތައް ދިރާސާކޮށް ބަދަލެއް ގެންނަން ޖެހޭނަމަ ގެންނާނީ މާލިއްޔަތު ކޮމިޓީންނެވެ.

ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.

 މި ބިލަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތަޢާރަދުކޮށް ދައުލަތުގެ ފިސްކަލް އެންމެހާ ކަންކަން ހިންގަނީ ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މިއަދު އޮންލައިން