އުރީދޫ ފަން ރަން ލ. އަތޮޅުގައި ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
އުރީދޫ ފަން ރަން ލ. އަތޮޅުގައި ބާއްވައިފި

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ އެންމެ އުފާވެރި ދުވުން، "ފަން ރަން - ލާމު" އެޑިޝަން ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް ބޭއްވި މި ރަންގައި އުރީދޫގެ ދައުވަތަކަށް ރާއްޖެ ޒިޔާރަތްކުރި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން ފުޓުބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއި މަޖިލިސް ރައީސް އަދި ސަރުކާރުގެ ބައެއް ވަޒީރުންނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލިއެވެ. މިއީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ދުވުމެކެވެ.

މިރަން ގައި 1500 އާއި 2000 އާއި ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވެފައިވާކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން