އުރީދޫ މޯލްޑިވްސް އިން ވަނީ ފުޓުބޯޅަ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ގެ ހާއްސަ މީޓް އެންޑް ގްރީޓް ސެޝަނެއް ބާއްވައިފަ އެވެ. ޖުލައި 8، 2024 ގައި ބޭއްވި މި ހަރަކާތުގައި އުރީދޫ ޓީމުގެ މެމްބަރުންނާއި ވަޒީރުންނާއި ސިޓީގެ އޮފިޝަލުންނާއި ފުޓްބޯޅަ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކާއި ގައުމީ ޓީމުގެ މިހާރުގެ އަދި ކުރީގެ ކެޕްޓަނުންނާއި ކުޅިވަރު ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ.
މި ހާއްސަ ބައްދަލުވުމުގައި ޖޭ-ޖޭ އޮކޯޗާގެ އާދަޔާ ހިލާފު ކެރިއަރާއި ފުޓުބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއާއެކު ހިޔާލުބަދަކޮށްލާ ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މި ހަރަކާތުގެ ތެރޭގައި ދިވެހިރާއްޖޭގައި ފުޓުބޯޅައަށް އޮތް އޮތް ލޯތްބާއި، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާ ކުރެވިގެންދިޔައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ މިކަހަލަ އިވެންޓެއްގައި ކުޅިވަރުގެ ޝަހުސިއްޔަތުންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު އެއްތަނަކަށް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޖޭ-ޖޭ އޮކޯޗާގެ މި ދަތުރަކީ މީހުން އެއްބައިވަންތަކޮށް އަންނަން އޮތް ޖީލަށް ހިތްވަރު ދިނުމުގައި ފުޓްބޯޅައިގެ ބާރު އޮތް ކަމުގެ ހެއްކެކެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ މިއަދަކީ އުއްމީދީ ވާހަކަތަކުން ފުރިގެންވާ ދުވަހަކަށްވެ، ކުޅިވަރަށް ޝައުގުވެރިކަން ހިއްސާކުރާ ދުވަހަކަށް ވެގެންދާނެ ކަމަށެވެ."
"އުރީދޫ އާއި ރާއްޖޭގެ ފަރާތުން މިފަދަ ހޫނު މަރުހަބާއެއް ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓްބޯޅައިގެ ދާއިރާގެ ބޭފުޅުންނާއި ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކޮށް، އަޅުގަނޑުމެން އެންމެން އެއްބައިވަންތަކޮށްދޭ ކުޅިވަރެއް ކަމަށްވާ ފުޓްބޯޅައާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށްލަން ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް." ޖޭ- ޖޭ އޮކޯޗާ
އުރީދޫގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން އާއި ގުޅިގެން އުރީދޫއިން ޖޭ-ޖޭ އޮކޯޗާ ރާއްޖޭ ގެނެސް ކުޅިވަރާއި މުޖުތަމައުގެ ބައިވެރިވުން ކުރިއެރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. މި މީޓް އެންޑް ގްރީޓް ހަރަކާތަކީ ޖޭ-ޖޭ އޮކޯޗާގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެ ވެ. އަދި މި ހަރަކާތަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަމެވެ.