އައިޕީޔޫ އާއި ގޯޕެކްގެ ރާއްޖޭގެ ގޮފިތައް އިންތިޚާބުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
އައިޕީޔޫ އާއި ގޯޕެކްގެ ރާއްޖޭގެ ގޮފިތައް އިންތިޚާބުކޮށްފި

އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލަމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގެ ރާއްޖޭގެ ގޮފިތައް އިންތިޚާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ހައިސިއްޔަތުން، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އިންތިޚާބަކާ ނުލައި އައިޕީޔޫ އާއި ގޯޕެކްގެ ރާއްޖޭގެ ގޮފީގެ ޗެއަރ އަދި ވައިސް ޗެއަރއަށް ވަނީ އިންތިޚާބުވެފައެވެ. 

އައިޕީޔޫ ރާއްޖޭގެ ގޮތްޕަށް އިންތިޚާބުކުރި މެންބަރުނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް (ޚަޒާންދާރު)، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު އެވެ.

ގޯޕެކްގެ ރާއްޖޭގެ ގޮތްޕަށް އިންތިޚާބު ކުރި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، (ޚަޒާންދާރު)، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް އަދި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.

މި ދެ ޖަމްޢިއްޔާއަކީވެސް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ޚާއްސަ ޖަމްޢިއްޔާތަކެކެވެ. އެހެންވެ، މި ޖަމްޢިއްޔާތަކުގެ ރާއްޖޭގެ ގޮފިތަކަށް މެންބަރުން އިންތިޚާބުކުރަނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.

 

މިއަދު އޮންލައިން