މެންބަރުކަމުގެ ހުވާކުރާތާ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
މެންބަރުކަމުގެ ހުވާކުރާތާ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފި

މަޖިލީހުގެ މެންބަރުން މެންބަރުކަމުގެ ކަމުގެ ހުވާކުރާތާ 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ޢާންމު ކޮމިޓީގެ ބައްދަލުވުމަށް މެންބަރުންގެ މާލީ ބަޔާން ހުށައެޅުމާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާގެ ލަފައެއް ވަނީ ހުށައަޅާފައެވެ. ކައުންސެލް ޖެނެރަލް ލަފާގައިވަނީ މަޖިލީހުގެ މެންބަރުން ހުވާކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ބަދަލުކުރުމަށެވެ.

މިގޮތަށް 20 މަޖިލީހުގެ ގަވައިދުގައި އެކަން ހިމެނުމަށް ކޮމިޓީއަށް ހުށައެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އަދި މި ހުށައެޅުމަށް ތާޢީދު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލެވެ. މި ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މިއަދު އޮންލައިން