ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް އެމްޕީއެލްއިން ޖަމާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް އެމްޕީއެލްއިން ޖަމާކޮށްފި

ފުރަތަމަ ބޮންޑް ކޫޕަންގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ފައިދާ އިންވެސްޓަރުންނަށް އެމްޕީއެލްއިން ޖަމާކޮށްފިއެވެ.

މިކަމާގުޅިގެން އެމްޕީއެލްއިން ބުނެފައިވަނީ މިއީ އެކުންފުނިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑުކަމަށާއި މި ބޮންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު 11 އޭޕްރިލް 2023 ގައި ހުޅުވާލިއިރު މި ބޮންޑަށް ގިނަ ފަރާރްތަކުން އިންވެސްޓްކޮށްފައިވާކަމަށެވެ.

މި ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓްކުރި ފަރާތްކަށް މިމަހު 4 ގައި ޖަމާކޮށްދީފައިވާ ކަމަށާއި ކުންފުނީގެ ބޮންޑު ކާމިޔާބުކަމާއެކީ ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި ލީޑް އެރޭންޖާގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވަނީ ފާސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ފަރސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އަކީ ފައިނޭންސްގެ ދާއިރާގައި އަދި ޚާއްސަކޮށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ގިނަ ކުންފުނިތަކެއްގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ. 

މިއަދު އޮންލައިން