އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލްގައި ހިމެނޭ އީސްޕޯޓްސް މުބާރާތް އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނުކޮށްފިއެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަޅު މުބާރާތެކެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދައުވަތު ދެމެވެ. ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.
މުބާރާތުގެ ހައިލައިޓްސް:
އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ. އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. ރަޖިސްޓްރީ ކުރުމަށް:
Prizes:
- 1st Place: MVR 10,000
- 2nd Place: MVR 6,000
- 3rd Place: MVR 4,000
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެ އެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެ އެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10،000ރ. ރަޖިސްޓްރީ ކުރުމަށް:
Prizes:
- 1st Place: MVR 4,000
- 2nd Place: MVR 3,000
- 3rd Place: MVR 2,000
- MVP: MVR 1,000
ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. ރަޖިސްޓްރީ ކުރުމަށެވެ.
Prizes:
- 1st Place: MVR 8,000
- 2nd Place: MVR 5,000
- 3rd Place: MVR 3,000
- 4th Place: MVR 2,000
- 5th Place: MVR 1,000
- MVP: MVR 1,000
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށް މުބާރާތުގައި ބައިވެރިވުމަށް މިވަނީ ހުޅުވާލެވިފައެވެ.ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.