އުރީދޫ މަސްރޭސް 2024: ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ އިން ކާމިޔާބުކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އުރީދޫ މަސްރޭސް 2024: ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ އިން ކާމިޔާބުކޮށްފި!

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ކ. ހިންމަފުށީ ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފިއެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށޤ ހަމަޖެހިފައެވެ.

ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓަރ ކުރި 21 އަށްވުރެ ގިނަ ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ފަށާފައިވަނީ 9 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ. 

ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ 

ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބ

3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިންގ

އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓރކްލާސް – 37.7 ކިލޯގެ ފާނަ

އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިންގ، 17 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ. 

މިއަދު އޮންލައިން