މާޒީގައި ފާފަކުރެވުމުން އެކަމަށް މާޔޫސްވެގެން ތިބޭ މީހުންނަށް ހިތްވަރު ދެއްވައި މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"މާޒީގައި ފާފަ ކުރެވިފައިވުމަކީ މުސްތަޤްބަލަށް އޮތް ހުރަހެއް ކަމަށް ބަލައި މާޔޫސް ނުވާށެވެ! އެއިގެ ބަދަލުގައި މާޒީގައި ކުރެވިފައިވީ ކުށްތަކަކީ ތަޤްވާވެރިކަމުގައި މަތީ ހަރުފަތްތަކަށް ދިއުމުގެ ބާރަކަށް ހަދާށެވެ! ﷲ އީ ފާފަތައް ސަވާބަށް ބަދަލުކޮށްދެއްވަވާ ދީލަތިވަންތަ ރަސްކަލާނގެކަން ޔަޤީންކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާ މީހާއަށް އެ ނަޞީބު މިންވަރުކުރައްވަވާނެތެވެ!" އިން ޝާ ﷲ
- މުފްތީ މެންކް
ކުރުކޮށް މުފްތީ މެންކް ވިދާޅުވެފައި އެވަނީ ވަރަށް ގިނަ ވާހަކަފުޅުތަކެކެވެ. އިންސާނުން އުފެއްދެވީ ﷲ ތަޢާލާއެވެ! ކޮންމެ އިންސާނަކަށްވެސް ފާފަ ކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ! ފާފަ ފުއްސެވުމަށް އެދޭ މީހުންނަށް އެހައި ދީލަތިކަމާއިއެކު ފާފަތައް ފުއްސަވައި ދެއްވަވައި އަދި ކުރެވިފައިވާ ތަކަކީ ސަވާބު ލިބޭ ކަންކަމަށް ބަދަލުކޮށް ދެއްވަވަނީ އެ ސަބަބަށްޓަކައެވެ!
މާޔޫސްވާންވީ އަދި ހިތާމަކުރަންވީ ފާފަ ކުރެވިފައިވެގެނެއް ނޫނެވެ! ހިތާމަކުރަންވީ ތައުބާ ނުވެވި ލަސްކުރެވޭނަމަ އެކަމަށެވެ. ތައުބާ ނުވެވެނީސް މަރުގެ މަލާއިކަތާ ބައްދަލުކުރައްވަވައިފާނެ ކަމަށްޓަކައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން