ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށްފި

ވިއްސާރާގައި މާލޭގެ 5 ގޭބިސީއަކަށް ފެން ވަދެ، ދިރިނޫޅެވޭވަރުގެ ގެއްލުންތަކެއް ލިިބިގެން އެ ގޭބީސީތަކުގައި އުޅޭ މީހުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ މި ގެތަކުން ޖުމްލަ 23 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެއީ މާފަންނުގެ 2 ގެއަކުން 11 މީހުންނާއި ގަލޮޅުގެ ގެއެއްގެ 3 އެޕަރޓްމަންއަކުން 12 މީހަކަށެވެ. މީގެއިތުރުންވެސް 4 ގެއަކަށް ލިބިފައިވާ ގެއްލުންތައް ބަލާ އެ ގެތަކުގައި އުޅޭ މީހުންނަށްވެސް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އެ މީހުން މިވަގުތު ތިބީ އެންޑީއެމްއޭއިން ހަމަޖައްސާފައިވާ ވަގުތީ ބޯހިޔާވަހިކަމެއްގައެވެ. އެމީހުންނަށް ބެނުންވާ އަސާސީ ކަންކަން އެ އޮތޯރިޓީއިން ދަނީ ހަމަޖައްސަމުންނެވެ.

ވިއްސާރައާ ގުޅިގެން މިހާތަނަށް މާލެއިން 251 ރިޕޯޓް ލިބިފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއެއެވެ. އެގޮތުނއ ގޭގެއަށް ފެން ވަންނަމުންދާތީ ވެލި ބަސްތާ ހޯދުމަށް 90 ފަރާތަކުން އެދިފައިވާއިރު، މީހާތަނަށް 800 އަށްވުރެ ގިނަ ވެލިބަސްތާ ވަނީ ފޯރުކޮށްދީފައެވެ.

ފެން ބޮޑުވެގެން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާފަންނުގެ ގެތަކަށެވެ. ވިއްސާރައިގައި އެކި ވަރުގެ ގެއްލުންވެގެން މާފަންނުގެ 130 އަށްވުރެ ގިނަ ގެއިން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

މިއަދު އޮންލައިން