އަޅުކަން ކުރުމުގަ ދެމިހުރުމަށް ހިތްވަރު ދެއްވެވުން އެދިގެން ގިނަގިނައިން މިފަދަ ދުޢާތައް ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އަޅުކަން ކުރުމުގަ ދެމިހުރުމަށް ހިތްވަރު ދެއްވެވުން އެދިގެން ގިނަގިނައިން މިފަދަ ދުޢާތައް ކުރައްވާ!

ގިނަ މީހުންނަށް ކިތަންމެ ކުޑަކުޑަ ނުތަނަވަސްކަމެއް ލިބުނަސް ފުރަތަމަ ކަމެއްގެ ގޮތުން އަޅުކަން ކުރުމާއި ދުރުހެލިވެވެއެވެ. ކުރަމުން އަންނަ އަޅުކަންކުރުން ހުއްޓައިލެވެއެވެ. ޚާއްޞަކޮށް ސުންނަތް އަޅުކަމާއި ދުރުހެލިވެވެއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ދުރުހެލިވެވެއެވެ.

ތަފާތު ސަބަބުތައް މެދުވެރިވެ އަޅުކަމާއި ދުރުހެލިވެވޭއިރު އެއީ މީސްތަކުންގެ ކިބައިވާ އެންމެ ބޮޑު ބަލިކަށިކަމެވެ. އެފަދަ ޙާލަތަށް މީހާދާ ވަޤުތު ފުރުޞަތުގެ ބޭނުން ހިފައި އެމީހާގެ މައްޗަށް ޝައިޠޯނާ ވެރިވެގަނެއެވެ. ވީމާ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެހުރުމަށްވެސް މިފަދަ ދުޢާތައް ކުރައްވަމުން ގެންދަވާށެވެ!

"މިއަޅާއަށް ދެއްވެވި ހުރިހާ ނިޢްމަތްތަކެއް މިއަޅާގެ ކިބައިން އަނބުރާ ގެންދެވި ނަމަވެސް އިނބަ ﷲ އަށް އަޅުކަން ކުރަން މިއަޅާއަށް ދެއްވަވާފައިވާ ނިޢްމަތް މިއަޅާއާއި ވަކިނުކުރައްވަވާނދޭވެ! އިނބަ ﷲ ހަނދުމަކުރުމާ އިނބަ ﷲ އާއިމެދު ވިސްނައި ފިކުރުކުރުމާ ރުކޫޢް ސުޖޫދު ކުރުމާ ޛިކުރްކުރުމުގެ ކުޅަދާނަކަން މިއަޅާ އާއި ވަކި ނުކުރައްވަވާނދޭވެ!" އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން