ތިބާއަކީ ޙަޤީޤީ ނަޞީބުވެރިއަކަށްވާށެވެ! އެއިރުން ހުރިހާ އުފާވެރިކަމެއްވެސް ލިބޭނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާއަކީ ޙަޤީޤީ ނަޞީބުވެރިއަކަށްވާށެވެ! އެއިރުން ހުރިހާ އުފާވެރިކަމެއްވެސް ލިބޭނެއެވެ! އިން ޝާ ﷲ:  މުފްތީ މެންކް

ޙަޤީޤީ ނަބީބުވެރިންނަކީ ކޮބައިކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަދި އެކަމަށް އެދިގެން ކުރަންވީ ޢަމަލުވެސްމެއެވެ. ނަމަވެސް ގިނަ ބައަކަށް އެކަންކަމަށް ވިސްނައި ނުލެވެނީއެވެ.

އިންސާނާއަށް ނަޞީބުވެރިއަކަށްވެވި އުފާވެރިކަން ލިބޭނެކަން ޔަޤީންވާ އެއްކަމެއް މިއޮތީ މިއާޔަތުން އެނގޭށެވެ!

"ފަހެ، އީމާންވެ އަދި ޞާލިޙް ޢަމަލުތައް ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ ރަހްމަތުގެ ތެރެއަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ ނަޞީބު ލިބުމަކީ ހަމައެއީއެވެ." (އަލްޖާޘިޔާ: 30)

ވީމާ އިންސާނާގެ ހިތް ފުރޭނީވެސް އުފަލުގައި ދިރިއުޅެވޭނެ ހަމައެކަނި މީހުންނަކީ ﷲ ތަޢާލާއަށް އީމާންވެ ހެޔޮ ޢަމަލުތައް މީހުންނެވެ. އެހެނީ އެމީހުން އެވަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުގެ ތެރޭގައެވެ. އެމީހުންނަކީ ނަޞީބުވެރިން ކަމުގައި ﷲ ތައާލާ އެވަނީ ކަނޑައަޅުއްވަވައިފައެވެ. ވީމާ އުފާވެރިކަމާއި ނަބީބު ލިބިގަތުމަށްޓަކައި ވީހައި ބޮޑަށް ﷲ ތައާލާ އާއި ކުއްތަންވުމަށް އަބަދުވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

ދުނިޔެއިން ލިބިދާނެ އުފާވެރިކަމަށް ބަލައިފިނަމަ ތިބާއަށް އުފާވެރިކަން ލިބޭނީ ކޮން ކަމެއް ޙާޞިލުކުރެވިގެން ކަމާއިމެދު ސުވާލުކޮށްފިނަމަ އެމީހަކު އެންމެ ބޭނުންވެގެން ހުރި ކަމެއްގެ ވާހަކަ ވަރަށް ފަސޭހައިން ބުނާނެއެވެ!

މިސާލަކަށް މިވެނި ފޯނެއް، މިވެނި ކާރެއް މިވެނި ކަމެއް ކިޔަމުން ގޮސް މިވެނި މަތިންދާބޯޓަކާއި ހަމައަށްވެސް އެމީހަކު ބޭނުންވާ ކަންކަމުގެ ވާހަކަ ބުނެފާނެއެވެ! ނަމަވެސް އެއިން އެއްވެސް ޖަވާބަކީ ޙަޤީޤަތެއް ނޫނެވެ. މާދަމާ އައު މޮޑެލެއް ނުކުންނާނެއެވެ! ނުކުންނަ އިރަށް އެ މޮޑެލްގެ ތަކެތި ބޭނުންވާނެއެވެ! ވީމާ އެއްވެސް އިންސާނަކަށް ދުނިޔެއިން އެދޭ ހުރިހާ ކަންކަން ލިބި ފުރިހަމަވާ ދުވަހެއް ދުވަހަކުވެސް ނާންނާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން