މުޖުތަމަޢުގަ ހުރި މައްސަލަތައްވެސް އަދި ޢާއިލާގަހުރި މައްސަލަތައްވެސް ޙައްލުކުރަން ބޭނުންނަމަ ބެލެނިވެރިން ނަމާދުކޮށް ދަރިން ލައްވައި ނަމާދުކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މުޖުތަމަޢުގަ ހުރި މައްސަލަތައްވެސް އަދި ޢާއިލާގަހުރި މައްސަލަތައްވެސް ޙައްލުކުރަން ބޭނުންނަމަ ބެލެނިވެރިން ނަމާދުކޮށް ދަރިން ލައްވައި ނަމާދުކުރުވާށެވެ!

މުޖުތަމަޢުގަ ހުރި މައްސަލަތައްވެސް އަދި ޢާއިލާގަހުރި މައްސަލަތައްވެސް ޙައްލުކުރަން ބޭނުންނަމަ ބެލެނިވެރިން ނަމާދުކޮށް ދަރިން ލައްވައި ނަމާދުކުރުވާށެވެ! ނަތިޖާ ފެންނާނެއެވެ. އިން ޝާ ﷲ   

ކޮންމެ މުސްލިމް ބެލެނިވެރިއަކުވެސް ދަރިން ލައްވައި ނަމާދުކުރުވަން ބޭނުންވާނެއެވެ. ނަމާދުނުކުރީމާ ކަންބޮޑުވެސްވާނެއެވެ. އެހެންކަމުން މިކަންކަން މެދުވެރިވާ ގޮތަށް ބަލައިލަން އެބަޖެހެއެވެ.  

ދަރިފުޅަށް 7 އަހަރުވުމުން ނަމާދުކުރަން ބާރު އަޅައި 10 އަހަރުވުމުން ނަމާދު ނުކުރުވާނަމަ އެ ޚިލާފްވެވެނީ ރަސޫލް ()ގެ އަމުރުފުޅަކަށެވެ! މިއީ ހަމަ ކޮންމެ ބެލެނިވެރިއަކުވެސް ބިރުވެތިވެ ރައްކައުތެރިވާން ޖެހޭނެ ކަމެކެވެ.  

އަބަދުވެސް ބުނާ ފަދައިން ދަރިން ދެކެ ލޯބިވުމަކީ ދަރިންނަށް ސުވަރުގެ ހޯދައިދޭން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި ދަރިންނަށް ދޭން ފުރަތަމަ ތަރުބިއްޔަތަކީވެސް ދަރިން ލައްވައި ނަމާދު ކުރުވުމެވެ. ދަރިންގެ ޙިތްތަކުގައި ނަމާދަށް ލޯބި ޖެއްސުވުމެވެ.  

ވީމާ 7 އަހަރުވުމުން ދަރިން ގޮވައިގެން މިސްކިތަށް ދިއުމާއި ގޭގައި ނަމަވެސް ނަމާދުކުރުވަން ފެށުމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ. ދުނިޔެއަށް ﷲ ތަޢާލާ ފޮނުއްވެވި އެންމެ އޯގާތެރި، އެންމެ ރަޙްމާއި ކުލުނު ލިބިވަޑައިގެންވީ ނަބިއްޔާ މުޙައްމަދު () ދަރިން 10 އަހަރުވުމުން ނަމާދު ނުކުރާނަމަ ހަށިގަނޑަށް އަނިޔާނެފަދައިން އަދަބުދީގެން ވެސް ނަމާދުކުރުވަން ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މިއަމުރުފުޅުގެ ކުރިއަށް އޮތީ 7 އަހަރުވުމުން ކުދިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސުވައި ނަމާދުކުރަން އާދަ ކުރުވުމުގެ އަމުރުފުޅެވެ. ވީމާ ތަރުތީބު އޮޅުވައި ނުލާށެވެ! ދަރިން ބޮޑެތިވެ ނަމާދު ނުކުރާތީ ރުޅިއަންނަން ޖެހެނީ ވެސް އެކަމާއި ހިތާމަކޮށް ކަރުނަ އަޅަން ޖެހެނީވެސް ތަރުތީބު އޮޅުވައިލާތީއެވެ.  

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހިތާމައަކީ ދަރިން ނަމާދު ނުކުރުމުން އަދަބުދޭން ތިބި މައިންބަފައިން ނަމާދު ނުކުރާތީ ވެރިކަމުގެ ފަރާތުން އެމީހުންނަށް އަދަބުދޭން ޖެހިފައިވުމެވެ. އަދި ވެރިކަމުގެ ފަރާތުން އަދަބު ނުދިނުމެވެ. މިއީ ސުވަރުގެ އެދޭ މައިން ބަފައިން ފުންކޮށް ވިސްނައި މިހާރުން މިހާރަށް ވެސް އިޞްލާޙްކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައެވެ.  

މުޖުތަމައުތައް ހަލާކުވެ ހުރިހާ މައްސަލަތަކެއް ކުރިމަތިވަމުން މިދަނީ މި މައްސަލަ ހައްލު ނުކުރެވިގެނެނެވެ! އެ މުޖުތަމައުއެއްގައި ނަމާދުކުރުމުގެ އާދަ ނެތް މުޖުތަމައުއެއްގައި ހުރިހާ ބާވަތެއްގެ ކުށްތަކެއް ވެސް ދާނީ އިތުރުވަމުންނެވެ! ބަލާމުޞިބާތްތައް ދާނީ އިތުރުވަމުންނެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން