މީހަކު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް އެމީހާ އެކުރީ ކުށެއް ކަމަށް ޤަބޫލުކުރަން ބޭނުން ނުވާ މީހުން މަދެއް ނޫނެވެ. އެއީ އޭނާ ދެކެވާލޯބިން ކަމަށް ބުނެއެވެ. މިއީ މުސްލިމުންނަށް އޮތް ވަރަށް ނުރައްކައުތެރިކަމެކެވެ. ތިމާއަށް ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެ ކަމެކެވެ.
ގިނަބައަކަށް މިއަދު މިވަނީ ލޯބިވާންވީ ކޮންކަމެއްގެ މައްޗަށްކަން ވަރަށް ބޮޑަށް އޮޅިފައެވެ. ވީމާ ޝައިޚް ޝާފިޢުގެ މިބަސްފުޅަށް ވިސްނައިލަމާ ހިނގާށެވެ!
ލޯބިވުން އެއީ ޤައުމަށްޓަކައި އޮންނަ ކަމެއް ނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ދޫނުކުރެއްވީހެވެ.
ލޯބިވުން އެއީ ޤަބީލާއަށްޓަކައި އޮންނަ ކަމެއް ނަމަ އެކަލޭގެފާނު ޤުރައިޝުންނާ ހަނގުރާމަ ނުކުރެއްވީހެވެ.
ލޯބިވުން އެއީ ޢާއިލާއަށްޓަކައި އޮންނަ ކަމެއް ނަމަ އެކަލޭގެފާނު އަބޫލަހަބުގެ ކިބައިން ބަރީއަވެވަޑައިނުގަތީހެވެ.
ލޯބިވުމަކީ ޢަޤީދާގެ މައްޗަށް ބިނާވާ ކަމެކެވެ. ލެޔާއި ވެލީގެ މައްޗަށް ބިނާވާ ކަމެއް ނޫނެވެ.
- الشيخ محمد شافع
ޝައިޚް ޝާފިޢުގެ މި ބަސްފުޅުގެ މަޤްޞަދަކީ ޤައުމާއި ޤަބީލާ އާއި އަދި އާއިލާ ދެކެ ވެސް ލޯބިވުން އަންނަން ޖެހޭނީ ޢަޤީދާ ދެކެވާ ލޯބީގެ ފަހަތުންކަން ބަޔާންކުރެއްވެވުން ކަމަށް ބެލެވެއެވެ. އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާ ދޫކުރެއްވެވީވެސް ޢަޤީދާ އިސްކުރައްވަވައެވެ. އަދި ޤުރައިޝުންނާއި ހަނގުރާމަ ކުރެއްވެވީވެސް ޢަޤީދާ އިސްކުރައްވަވައެވެ.
މިހާރަކަށް އައިސް އަބަދުވެސް ގޮވާލެވެނީ ޤައުމީ ލޯބި އިސްކުރުމަށެވެ! އިސްލާމް ދީނުގައި ސާބިތުވުމަކީ ދެވަނަ ކަމެއްގެ ގޮތުގައި ނުވަތަ ނުވެސް ނެތް ކަމެއްގެ ގޮތުގައި ދެކޭފަދައެވެ. އެމީހާ އިސްލާމް ދީނަށް ލޯބިކުރާ މިންވަރަށް އެއްވެސް ބެލުމެއް ނެތި މީސްތަކުން ދެކެވެސް ލޯބިވާކަން ގެންދަނީ ހާމަކުރަމުންނެވެ. އިސްލާމް ދީނާއި ދެކޮޅަށް ކިތަންމެ ގިނަ ވާހަކަތަކެއް ދައްކައި ކަންތައްތައް ކުރި ނަމަވެސް އެއީ ވެސް މައްސަލައެއްގެ ގޮތުގައި ނުދެކޭ މީހުން ދަނީ ގިނަވަމުންނެވެ.
އަބޫލަހަބްގެ މިސާލު ދައްކަވައި ބަޔާންކުރައްވަވާފައި އެވަނީ އެމީހަކީ ރަޙިމުގެ ގުޅުން ނުވަތަ ލޭގެ ގުޅުން އޮތް މީހަކު ކަމުގައިވީ ނަމަވެސް ކުރިއަށް ނެރެން ޖެހޭނީ ޢަޤީދާ ކަން ބަޔާންކުރެއްވުމަށެވެ.
މިކަންކަމަށް މި ޛަދީޘްފުޅުން ދަލީލު ލިބެއެވެ!
Ibn ‘Abbas narrated: “When the Prophet was forced to leave Makkah he headed out to a cave, turned around, and said, addressing Makkah:
“You are the most beloved land to Allah, and you are the most beloved land to me. Had the polytheists not forced me out of you, I would never have come out and left you. The worst enemy is the one who transgresses the sanctities of Allah, or kills a soul without due right or kills a soul as revenge from the era of pre-Islamic ignorance.”