ޙައިޟުވުމުން އަނބިން ބާކީކޮށްލުމަކީ ސުންނަތާ ޚިލާފް ކަމެއް! ބާކީކޮށްގެން ނުވާނެ ސަބަބުވެސް އެބައޮތް!: ޑރ. މުޙައްމަދު ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޙައިޟުވުމުން އަނބިން ބާކީކޮށްލުމަކީ ސުންނަތާ ޚިލާފް ކަމެއް! ބާކީކޮށްގެން ނުވާނެ ސަބަބުވެސް އެބައޮތް!: ޑރ. މުޙައްމަދު ޞާލިޙް

ދެމަފިރިން ދެތަނުގައި ނިދަންޖެހޭ ޞިއްޙީ ސަބަބެއް ނެތި ޙައިޟުވިޔަސް އަނބިމީހާ ބާކީކޮށްލައި ތަންމަތި ވަކިނުކުރާށެވެ! އަނބިމިހާއަކީ ޞިއްޙަތު ސަލާމަތުން ހުރި އަންހެނަކުނަމަ ޙައިޟުގެ ދުވަސްވަރު ފިރިމީހާގެ ކިބައިން އިތުރަށް ލޯބި ބޭނުންވާނެއެވެ. އަޅައިލުންވެސް ބޭނުންވާނެއެވެ. ވީމާ އެޙާލަތުގައި އަނބިމީހާ ބާކީކޮށްނުލާށެވެ!  

އެއީ އެކަނބަލުންގެ ކިބައިގައިވާ ނުބައިކަމަކުން ނޫނެވެ. އެއީ އަންހެނުންގެ ހަށިގަނޑު އުފެދިފައިހުންނަ ގޮތުން، ނުވަތަ ހަށިގަނޑުގައި ލައްވަވާފައިވާ ކަމެކެވެ. ވީމާ އެކަމާއި ގުޅިގެން އަނބިން ކުށްވެރިކޮށްގެން ނުވާނެއެވެ.  

ޙައިޟުގެ ޙާލަތުގައި އަނބިމިހާއާއިއެކު ނިދުމަކީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރެއްވެވި ކަމެކެވެ. ވީމާ އެއީ ކުރަންޖެހިލުންވާންވީ ކަމެއް ނޫނެވެ. އެކަންވާނީ ކުރަން ރަނގަޅު ކަމަށެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަގެ ޢަމަލުފުޅުން އެކަން ދައްތަވައިދެއްވަވާފައިވާތީއެވެ.  

ކައިވެނިކުރުމަށްފަހު ފިރިމީހާގެ މައްޗަށް ޙަރާމްވެގެންވަނީ 2 ކަމެއް ކުރުމެވެ. އެއީ ޙައިޟް، ނިފާސްކަމުގެ ދުވަސްވަރު ޖިމާޢުވުމާއި އަދި އެއްވެސް ދުވަހަކު ލިވާޠު ކުރުމެވެ. ޙައިޟުގެ ދުވަސްތަކުގައި ދެމަފިރިން ލޯބިކުރުމަކީ ހުއްދަކަމެކެވެ. ޖިމާޢުވުން ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ކުރެވޭނެއެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙައިޟުގެ ޙާލަތުގައި އަނބިއަނބިކަނބަލުންނާއިއެކު އަވަހާރަފުޅުލެއްޕެވީ އެކަނބަލުންގެ އުނގަނޑުގައި ފޮތިގަނޑެއް ފަދަ އެއްޗެއް އޮޅާލައްވައިގެންނެވެ. މިއަދު ބޭނުންވައްތަރެއްގެ ނެޕީ ލިބެން އެބަހުއްޓެވެ. ވީމާ ސާފުތާހިރުކަމުގެ ގޮތުން ބެލިނަމަވެސް އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.  

- ޑރ. މުޙައްމަދު ޞާލިޙްގެ ދަރުސަކުން

މިއަދު އޮންލައިން