ސުވަރުގޭގައިވާ ބައެއް ގަސްތަކުގެ ވާހަކަ ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ސުވަރުގޭގައިވާ ބައެއް ގަސްތަކުގެ ވާހަކަ ޤުރްއާނުން-

ސުވަރުގެއާއި ސުވަރުގޭގައިވާ ނިޢުމަތްތައް ސިފަކުރުމަކީވެސް އަހުރެމެންނަށް ދުނިޔޭގައި ތިބެގެން ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގޭގައިވާ ގަސްތަކާއި ބަގީޗާތައް ސިފަކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. 

ދުނިޔޭގައިވާ ބޮޑެތި ބަގީޗާތައް ފެނުމުން ގިނަ ބައަކަށް ކަޅިޖަހާ ނުލައި ބަލަން ތިބެވެއެވެ. ފެންނަ މަނަޒަރު ރީތިކަމުން ޙައިރާންވެ އަންތަރީސްވެފައެވެ. އެހެންކަމަށްވާއިރު ސުވަރުގޭގައިވާ ގަސްތަކާއި ބަގީޗާތައް ރީތިވެ ޙައިރާންވާންޖެހޭނެ މިންވަރު ހިތަށް ގެންނަން ނިކަން މަސައްކަތްކޮށްބަލާށެވެ!  

ސުވަރުގޭގައި ކަށިނެތް، ކުންނާރު ގަސްތަކާއި ފަތްކެޔޮ ގަސްތައް ވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

"ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟(.) (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ. (.) ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ. (.) އަދި ފެތުރިގެންވާ ހިޔަލުގައެވެ. (.)" (އަލްވާޤިޢާ: 27،28،29،30) 

30 ވަނަ އާޔަތާއިމެދު ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވެއެވެ. 

ޖަންނަތުގައިވާ ގަސްތަކަކީ ހިޔާ ފެތުރިފައިވާ ގަސްތަކެކެވެ. ސަވާރީގައި ދުއްވާމީހާ ސައްތަ އަހަރުވަންދެން މެދު ނުކެނޑި ދުއްވާނޭ ބޮޑު ހިޔާގަނޑެއް ފެތުރިފައިވާ ގަހެއް އެތާނގައިވެއެވެ. وَظِلٍّ مَّمْدُودٍ - )الواقعة 30- ) "އަދި ފެތުރިގެންވާ ހިޔަލުގައެވެ."

- ޝައިޚް މުޙައްމަދު ޝާފިޢު 

ސުވަރުގޭގެ މި ބިޔަ ބޮޑު ހިޔާގަނޑުގައި ވުމުގެ ނަޞީލިބޭ އަޅުންތެރޭގައި އަޅަމެން ލައްވަވާނދޭވެ! އާމީން

 

މިއަދު އޮންލައިން