ޝައިޠޯނާ ބަލިކޮށްލައި ޝައިޠޯނާގެ ކިބައިން ތިމާ އާއި ދަރިން ސަލާމަތްވެ ތިބެން ބޭނުންކުރަން އޮތް އެންމެ ބާރުގަދަ ހަތިޔާރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޝައިޠޯނާ ބަލިކޮށްލައި ޝައިޠޯނާގެ ކިބައިން ތިމާ އާއި ދަރިން ސަލާމަތްވެ ތިބެން ބޭނުންކުރަން އޮތް އެންމެ ބާރުގަދަ ހަތިޔާރު-

ޝައިޠޯނާ އަހުރެމެންގެ ދަރިންގެ މައްޗަށް ބާރުގަދަކުރަމުން ގެންދާތީ ކަންބޮޑުނުވާ ބެލެނިވެރިއަކު ހުންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ހިތާމައަކީ ޝައިޠޯނާއަށް އެކަން ނުކުރެވޭނެ ގޮތް ހަދަން ކުރަންޖެހޭ ކަންކަން ކުރަން ފަސްޖެހޭ ކަމެވެ.

"ޤުރްއާން ކިޔެވޭ އަޑު އިވުމުން ޝައިޠޯނުންނަށް ވަރަށް އުނދަގޫވާނެއެވެ! ވީމާ ޝައިޠޯނާ ބަލިކުރުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ގިނަގިނައިން ޤުރްއާން ކިޔެވުމުވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ އެމީހަކާއި ޝައިޠޯނާ ދުރަށް ޖައްސުވަން އެދޭ މީހާ ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމުގެ މުހިންމުކަމެވެ. ހަމައެފަދައިން ދަރިން ލައްވައި ޤުރްއާން ކިޔެވެވުމުން އެކުދިންނަށް ކުރާނެ ފައިދާއެވެ. އެހެނީ ޝައިޠޯނާ އާއި ދުރުހެލިވެވުމަށްވުރެ ފައިދާބޮޑު އެއްކަމެއްވެސް ނެތެވެ.  

ދަރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކުރުވަންވެސް އެކުދިން ލައްވައި ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔުއްވާށެވެ! ކާބަފައިން ދެ ނަމާދު ދޭތެރޭގައި ކުދިން ލައްވައި ޤުރްއާން ކިޔުއްވައި ހެދީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެ ރިވެތި، ފައިދާހުރި އާދަ އަލުން އަނބުރާ ގެންނަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.

 

 

 

މިއަދު އޮންލައިން