މުސްލިމުން އެދެންވާނީ ގިނަ ދުވަހު ދުނިޔޭގައި ހުންނަން ހެއްޔެވެ؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މުސްލިމުން އެދެންވާނީ ގިނަ ދުވަހު ދުނިޔޭގައި ހުންނަން ހެއްޔެވެ؟: ޢުމަރު ސުލައިމާން

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. އެމީހަކަށް އުފާވެރިކަން ލިބުން އޮތީ ގިނަ ދުވަހު ދުނިޔޭގައި ހުރެވިގެން ހެއްޔެވެ؟ ނޫނީ އަވަހަށް މަރުވެއްޖެނަމަ ހެއްޔެވެ؟ މިއީ ސުވާލު އުފައްދަންޖެހެންވީ ކަމެއް ނޫނެވެ. މުސްލިމުން އެންމެ ބޮޑަށް ލޯބިވާނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ތިބޭނީ ވަކީލްކޮށްގެންނެވެ. ވީމާ މަރުވާނެ ވަޤުތަކާއިމެދު ކަންބޮޑެއް ނުވާނެއެވެ. 

އެއްވެސް މީހަކީ މަރުވުމަށް އެދޭނެ މީހެއް ނޫނެވެ. ނަމަވެސް އެންމެންވެސް މަރުވާނެއެވެ. އެކަމުގެ ވަޤުތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއްވެސް މީހަކަށް އަވަހަށް މަރުވުމުން (ގިނަ ދުވަހު ދުނިޔޭގައި ނުހުރެވުމުން) އޭނާއަކީ ނަބީބުވެރިއެއް ނޫންކަމަށް ބުނެގެން ނުވާނެއެވެ. އޭނާ އިތުރަށް ދުނިޔޭގައި ހުރެއްޖެނަމަ ކުރިމަތިވާންހުރީ ކޮންފަދަ ހިތްދަތި ކަންތައްތަކެއް ނުވަތަ ކޮންފަދަ ބޮޑެތި މުޞީބާތްތަކެއްކަން އެނގެނީ ކާކަށްހެއްޔެވެ؟ އޭނާގެ ފުރާނަ އެގެންދެވީ އެހުރިހާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. 

ހެޔޮ ޢަމަލުކުރުންމަތީގައި ދުނިޔޭގައި ހުރެވުމަކީ ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ. ނަމަވެސް އަބާއްޖަވެރިއެއްގެ ގޮތުގައި ކިތަންމެ ގިނަ ދުވަހު ދުނިޔޭގައި ހުއްޓަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ވީމާ މުސްލިމުންގެ ދުޢާއަކަށް ވާންޖެހޭނީ ދުނިޔޭގައި ހުރެވުމަކީ މިއަޅާއަށް ފައިދާހުރި ގޮތްނަމަ ދުނިޔޭގައި ލަހައްޓަވައި ދެއްވެވުމަށެވެ. ފައިދާހުރީ ދުނިޔޭގައި ނެތުން ކަމަށްވާނަމަ އަވަހަށް ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވުމަށެވެ. 

اللهم أحيني ما كانت الحياة خيراً لي وتوفني إذا كانت الوفاة خيراً لي‏"  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން