އިންސާނަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ނަޞީބު ޙާޞިލުކުރުމުގެ ފުރުޞަތު ތިބާއަށްވެސް އެބައޮތް! ލިބިގަންނަން އަވަސްވެގަނޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިންސާނަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ބޮޑު ނަޞީބު ޙާޞިލުކުރުމުގެ ފުރުޞަތު ތިބާއަށްވެސް އެބައޮތް! ލިބިގަންނަން އަވަސްވެގަނޭ!: މުފްތީ މެންކް

އިސްތިޣްފާރުކުރުން މިކިޔަނީ ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. ތައުބާވުމުގެ މާނައަކީ ﷲ ތަޢާލާއަސް ލޯބިން ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަކުރުން ހުއްޓާލައި ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުމެވެ. 

ގިނަ ބައަކަށް އޮޅިފައި އޮތަސް މިއީ މުޅިން ތަފާތު 2 ކަމެކެވެ. މި 2 ކަންތަކުން ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކަން ބޮޑުވެގެންވަނީ ތައުބާވުމެވެ. އެހެންވެ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ލިބޭ ފައިދާ މާބޮޑެވެ. 

ﷲ ތަޢާލާއަށް ލޯބިން، ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އަދި އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހަކަށް ކުރިން ކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ހެޔޮކަމަށް ބަދަލުކުރައްވަވައި ދެއްވަވަތެވެ. މިއަށްވުރެ އެމީހަކަށް ފައިދާހުންނާނީ ކޮންކަމަކުން ހެއްޔެވެ؟ 

އެހެނީ ޤިޔާމަތް ދުވަހު މީޒާނުގައި އޭނާގެ ޢަމަލުތައް ކިރައިލެވޭހިނދު އޭނާއަށް ކުރިން ކުރެވުނު ފާފަތައް ލައްވަވާނީ ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ކޮޅަށެވެ. މީޒާން ބުރަވެގެންދާނީ ހެޔޮކަމުގެ ކޮޅަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބޮޑު ނަޞީބު ލިބިގަތުމަށްޓަކައި ﷲ ތަޢާލާއަށް ލޯބިން، ﷲ ތަޢާލާއަށް ބިރުވެތިވެ އިޚްލާޞްތެރިކަމާއިއެކު ތައުބާވުމަށް އަވަސްވެގަންނާށެވެ! މީޒާން ތިބާގެ ކޮޅަށް ބުރަކޮށް ސުވަރުގެ ވަންނަން ލިބެން އޮތް ފުރުޞަތުގެ ބޭނުން އަވަހަށް ހިފާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން