ބަސްމޮށުމުގައި ސިދުރަތުލް މުންތަހާއަށް އަރާވާހަކަ ދައްކަމުއެވެ. ނަމަވެސް ސިދުރަތުލްމުންތަހާއަކީ ކޮބައިކަން އެނގެނީ މަދުމީހަކަށެވެ. އެހެންވެ މިގެނެސްދެނީ ސިދުރަތުލްމުންތަހާ އަކީ ކޮބައިކަމެވެ. މާނަ އެނގުމުން ރަނގަޅު މާނައިގައި ބަސްބޭނުންކުރާށެވެ.
އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރް އައްސިޢްދީ ރަޙިމަހުﷲ ވިދާޅުވިއެވެ.
ސިދްރަތުލް މުންތަހާ އަކީ: ހަތްވަނަ އުޑުގެ މަތީގައިވާ ބޮޑުވެގެންވާ [ކުންނާރު] ގަހެކެވެ. އެ ގަހަށް ސިދްރަތުލް މުންތަހާއޭ ކިޔުނީ
(1) އެއީ ބިމުން އުޑަށް އަރާ ހުރިހާ އެއްޗެއް ފޯރާ އިންތިހާ، އަދި ﷲގެ ޙަޟްތަރުން ފައިބާ [ބާވައިލެއްވޭ] ވަޙީއާއި އެނޫން ވެސް ތަކެތި އޭގެ ދޮށަށް ފައިބާތީޢެވެ.
(2) ނުވަތަ އެއީ ޚަލްޤުތަކުންގެ ޢިލްމު ނިމޭ އިންތިހާއަށް ވާތީއެވެ.
(3) ނޫނީ އެ ގަސް ވަނީ އުޑުތަކާއި ބިންތަކުގެ މަތީގައި ކަމުން އެއީ އެ އުޑުތަކާއި ބިންތަކުގެ އުސްކަމުގެ އިންތިހާއަށް ވާތީއެވެ. ނޫނީ އެނޫވެސް އެފަދަ އެހެން ސަބަބަކާހެދިއެވެ. [تفسير السعدي (ص: ٨١٩
--ޝއިޚް މުޙައްމަދު ޝާފިޢު