އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 5ޖީގެ ޚިދުމަތް އާބާދީގެ 60% އަށް ލިބޭ ގޮތަށް ފުޅާކޮށްފިއެވވެ.
އުރީދޫ މޯލްޑިވްސްގެ 5ޖީގެ ޚިދުމަތް ޅ. ހިންނަވަރަށް ތަޢާރަފްކުރިކަން އިޢުލާނުކުރުމަކީ، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
5ޖީ ތައާރަފްކުރުމާއެކު ހިންނަވަރު ރައްޔިތުންނަށް މިހާރު ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑާއި އަލްޓްރާ ލޯ ލެޓެންސީ އާއި އިތުބާރު ހިފޭ ކަނެކްޝަނެއް ތަޖުރިބާކުރެވި، ދިރިއުޅުމާއި މަސައްކަތާއި ކުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލު ތަކެއް އަންނާނެ އެވެ.
އުރީދޫގެ 5ޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރަށް ރަގަޅުވުމާއި، ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ.ޓެކްނޮލޮޖީގެ މި ކުރިއެރުމަކީ ޑިޖިޓަލް މޯލްޑިވްސްއަކަށް އުރީދޫ ކުރަމުންދާ މަސައްކަތުގައި ފުރިހަމަވި ބޮޅެކެވެ. ހަމަ މިއާއެކުއިނޮވޭޝަނަށް މަގުފަހިކުރުމަށާއި، އިގްތިސާދީ ފުރުސަތުތައް އިތުރުކޮށް، ޑިޖިޓަލް ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ތައްޔާރުވެފައިވާ ކުރިއެރުމެކެވެ.
ހިންނަވަރުގައި 5ޖީ ތައާރަފްކުރުމަކީ ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށް ވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީގެ ހިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރަމުން އަންނައިރު، ޑިޖިޓަލް އިންކްލޫޝަން ޑްރައިވްކޮށް، އެންމެންނަށް ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.