އުރީދޫ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
އުރީދޫ ނޭޝަން އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އުރީދޫ ނޭޝަން ގެ ފުރަތަމަ އިންޓަރ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން މި ހަރަކާތުގައި ގިނަ އޮފީސް ތަކުން ވަނީ ބައިވެރިވެފައެވެ. 

މިމަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހުމަތްތެރި ކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރި މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރެވުނީ 17 އޮގަސްޓްގައި އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ޕަބްޖީ މޮބައިލް ކެޓަގަރީގައި ޗެމްޕިއަން ޓީމުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވި، 10,000 ރުފިޔާގެ ފައިސާގެ އިނާމު ހޯދިއިރު ރަނަރަޕްގެ މަގާމު އީއެމް އެންޓަރޕްރައިސަސްއަށް ލިބި، 6,000 ރުފިޔާ ހޯދިއެވެ. ތިންވަނައަށް ކަސްޓަމްސް އައިސް 3,000 ރުފިޔާ ހޯދިއެވެ. މި ކެޓަގަރީގެ އެމްވީޕީގެ ގޮތުގައި އަޙްމަދު އިކްރާމް (އީއެމް އެންޓަރޕްރައިސަސް) ހޮވި، 1,000 ރުފިޔާ ވަނީ ހޯދައިފިއެވެ.

މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ ކެޓަގަރީގައި ޗެމްޕިއަންކަން މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސްއަށް ލިބި، 4,500 ރުފިޔާ ހޯދިއެވެ. ރަނަރަޕްގެ މަގާމު ބޭންކް އޮފް މޯލްޑިވްސްއަށް ލިބި، 3,000 ރުފިޔާ ހޯދިއެވެ. ތިންވަނައަށް އެމްއޭސީއެލް ޓީމް 2 އައިސް 1,500 ރުފިޔާ ހޯދިއެވެ. މި ކެޓަގަރީގެ އެމްވީޕީގެ ގޮތުގައި އައިމަން ރަޝީދު (މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސަސް) ހޮވި، 1,000 ރުފިޔާ ހޯދައިފިއެވެ.

އީއޭއެފްސީ ކެޓަގަރީގައި ޗެމްޕިއަންކަން ޖަނާން މުޙައްމަދު (ކޭ އެންޑް އެފް ހޯލްޑިންގސް) ހޯދައި، 10,000 ރުފިޔާ ހޯދިއެވެ. ދެވަނައަށް އިސްމާޢީލް ނަޝާޢު (ބީއެމްއެލް) އައިސް 6,000 ރުފިޔާ ހޯދިއެވެ. ތިންވަނައަށް ޖައިލަމް މުޙައްމަދު (މީރާ) އައިސް 3,000 ރުފިޔާ ހޯދިއެވެ.

މި މުބާރާތަކީ އުދރީދޫ މޯލްޑިވްސްއިން ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި މުބާރާތެކެވެ.

މިއަދު އޮންލައިން