ނަމާދުގަ އޮތީ ކެރިކުޅަދާނަވާ މިންވަރަށް ކޮޅަށްހުރުން! ގޮނޑީގަ ނަމާދުކުރައްވާއިރު މިކަންކަމަށް ސަމާލުކަން ދެއްވާ!: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 6މ 16ސ
ނަމާދުގަ އޮތީ ކެރިކުޅަދާނަވާ މިންވަރަށް ކޮޅަށްހުރުން! ގޮނޑީގަ ނަމާދުކުރައްވާއިރު މިކަންކަމަށް ސަމާލުކަން ދެއްވާ!: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާން

ޢީމްރާން ބިން ޙުސައިން ރަޟިޔަﷲ ޢަންހު ވިދާޅުވި. އަހަރެންގެ ފުރަގަސްފަރާތު ބަލި (ޕައިލްސް) ހުރުމުން ނަމާދުކުރުމަށް އުނދަގޫވާތީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަހަރެން ސުވާލު ކުރުމުން ޙަދީޘް ކުރެއްވި އެވެ. " ތިބާ ކޮޅަށް ހުރެ ނަމާދު ކުރާށޭ. ފަހެ ތިބާ އެކަމަށް ކުޅަދާނަވެގެން ނުވާނަމަ އިށިއިނދެ އިނދެގެންނޭ. ފަހެ ތިބާ އެކަމަށް ކުޅަދާނަވެގެން ނުވާނަމަ އޮށޮއޮވެއޮވެގެންނޭ. " 

މި ޙަދީޘް ބަސްފުޅު ޢިލްމުވެރިން ގެންނަވަނީ އެކި ބަލި ހާލަތްތަކުގެ ސަބަބުން ނަމާދު ކުރުމަށް، ނަމާދުގެ ހަރަކާތްތައް އަދާކުރުމަށް އުޒުރުވެރިވާ ހާލަތުގަ އެ ލުއިފަސޭހަތައް ގެންނަވަނީ ޢިލްމުވެރިން މި ޙަދީޘް ބަސްފުޅު ގެންނަވާފަ. އަޅުގަނޑުމެން މި ޙަދީޘްބަސްފުޅަށް ބަލާލާއިރުގަ، އެންމ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދަންނަންޖެހޭ ފަރުޟު ނަމާދެއްގަ ކޮޅަށް ހުރުމަކީ އެއީ ނަމާދުގެ ރުކުނެއް. އެހެންވެއްޖެ ކަމަށް ވާނަމަ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އެންމެ ފުރަތަމަވެސް ކޮޅަށް ހުރެވެންޏާމު ކޮޅަށް ހުރެގެން ނަމާދު ކުރާށޭ މި ޙަދީޘްކުރެއްވަނީ، ކޮޅަށް ނުހުރެވެންޏާ އިށިއިނދެގެން ނަމާދު ކުރާށޭ މި ޙަދީޘް ކުރައްވަނީ. އެހެންވީމަ ކޮޅަށް ހުރެ ނަމާދު ކުރެވޭ ކަމަށްވާނަމަ އެއްގޮތަކަށްވެސް އިށިއިނދެގެން ކުރުން ރަނގަޅެއް ނުވާނެ.

ދެން ޢީލްމުވެރިން ބަޔާންކުރައްވަނީ އެންމެ ފުރަތަމަ ތަކްބީރަތުލް އިޙްރާމް (ﷲ އަކްބަރު) ކިޔާފަ ނަމާދު ފަށާއިރުގަވެސް އޭނައަށް އެވަގުތުގަވެސް ކޮޅަށް ހުރެވޭ ކަމަށް ވާނަމަ އެވަގުތުގަވެސް އޭނަ ޖެހޭނެ ހުންނަން. އެކަމް އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަހަރަށް، ބައެއް މީހުންނަށް، މިކަން ނޭންގި އޮންނާތީވެ އޭނައަށް ބައެއް ފަހަރު މިސާލަކަށް ރުކޫ ނުކުރެވޭ މީހެއް ހުރެދާނެ، ނުވަތަ ސަޖިދަ ނުކުރެވޭ މީހެއް ހުރެދާނެ. ނޫނީ އޭނައަށް ގިނަވަގުތު ނަމާދުގަ ކޮޅަށް ހުންނަން އުނދަގޫ މީހެއް ހުރެދާނެ. އެކަހަލަ މީހުންވެސް ބައެއްފަހަރު މި ހަދާގޮތަކީ، އެންމެފުރަތަމަ ނަމާދު ފަށާއިރުގަވެސް  މި ހުންނަނީ އިށިއިނދެގެން. އެގޮތް ކަމަކު ނުދާނެ. އެއީ އޭނައަށް ކުޅަދާނަވެގެންވޭ ނަމާދު ފަށާއިރުގަ ކޮޅަށް ހުންނަން. އޭނަ ހިނގާފަ މި އަންނަނީ މިސްކިތައް. އެހެންވެއްޖެކަމަށްވާނަމަ އޭނަ ޖެހޭނެ ނަމާދު ފަށާއިރުގަ ކޮޅަށް ހުންނަން. 

ދެން މިސާލަކަށް އިމާމުމީހާގެ ކިޔެވުން މިސާލަކަށް ދިގީ. ނޫނީ އެހެން ކޮންމެވެސް ސަބަބަކަށްޓަކާ އެމީހާއަށް ގިނަވަގުތު ކޮޅަށް ނުހުރެވެނީ. އެހެންވެއްޖެކަމަށް ވާނަމަ އޭނައަށް އެ ހުރެވޭ ވަރަކަށް އޭނަ ޖެހޭނެ ކޮޅަށް ހުންނަން. އޭނަ މިސާލަކަށް ވަރުބަލިވީ، ނޫނީ އޭނަ ވެއްޓޭހެން ހީވަނީ. އެހެންވެއްޖެކަމަށް ވާނަމަ އޭނަ ވާނީ އިށިއިންނަން.  

ހަމަ އެގޮތަށް މިސާލަކަށް މިހަކު، އޭނައަށް ހަމައެކަނި ރުކޫ ނުކުރެވެނީ. ރުކޫކުރުން ފިޔަވާ އެހެން ހުރިހާ ކަމެއް ކުރެވޭ. އެހެންވެއްޖެކަމަށްވާނަމަ އޭނާ ރުކޫ ކުރާ ގަޑީގަ އޭނަ އިށިއިންނާނީ. އެހެން ހުރިހާ ހަރަކާތެއް އޭނަ ކުރަންޖެހޭނެ. ހަމަ އެގޮތަށް ސަޖިދަވެސް. އެހެން ހުރިހާ ހަރަކާތެއް އޭނަ ކުރަން ޖެހޭނެ ސަޖިދަ ފިޔަވާ.

ދެން އަދި ބައެއް ބޭފުޅުންނަށް ކުރެވޭ ކަމެއްމީ ގޮނޑީގަ ނަމާދުކުރާއިރުގަ، ރުކޫއަށް ގޮއްސަ އަނެއްކާ ތެދުވާއިރުގަ، އޭނައަށް ރުކޫއަށް މި ނުދެވެނީ. އޭނަ އެކަމަކު ރުކޫއަށް ގޮއްސަ ކޮޅަކަށް އޭނަ ނުތެދުވެ. އެކަމު އޭނައަށް އަސްލު ތެދުވެވޭ މީހެއް އެއީ. އޭނައަށް ކޮޅަށް ތެދުވެވޭ މީހެއް. ރުކޫއިން ތެދުވެވޭ ހާލަތުގައި ހުރި މީހެއް. އެހެންވެއްޖެ ކަމަށް ވާނަމަ އޭނަ ޖެހޭނެ ކޮޅަށް ތެދުވަން. އެހެން ނޫންނަމަ އޭނާ ނަމާދުގެ ރުކުނެއް ވައްޓާލިކަމަށް ވާނީ.  

ޙަޤީގަތުގަ ބަލިމީހާގެ ނަމާދު ކުރުމުގަ ޢީލްމުވެރިން ގެންނަވާ އެންމެ މުހިއްމު އަސްލަކީ އަދި އެންމެ މުހިއްމު އުސޫލަކީ އެއީ ނަމާދު ކުރާ މީހާއަށް ކުޅަދާނަވެގެންވާ ހުރިހާ ހަރަކާތެއް އޭނާ ކުރުން ވާޖިބު ވާނެއޭ، އޭނާގެ ކިބައިން މައާފްވެގެން ވާނީ ހަމައެކަނި އޭނާއާށް ނުކުރެވޭ ހަރަކާތްތަކޭ. ދެން މީގަ ދަލީލެއްގެގޮތުން ގެންނަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި އާޔަތް. (އަރަބި) " ފަހެ ތިޔަބައި މީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲ އަށް ތިޔަބައިމީހުން ބިރުވެތިވާށެވެ." އެހެންވީމާ އަޅުގަނޑުމެންނަށް ހަމަ ނަމާދުގަ ކުޅަދާނަވީ ކޮންމެކަމެއް އެއީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއް. އަޅުގަނޑުމެންނަށް ކުޅަދާނަ ނުވާ މިންވަރު އެ އެކަނި، އެމިންވަރު އެކަނި އަޅުގަނޑުމެންގެ ކިބައިން ޢަފޫވެގެންވަނީ. 

ދެން ސުވާލަކީ ސުންނަތްނަމާދުގަ ވަކި ތަފާތުވާނެހެއްޔޭ. ސުންނަތްނަމާދު ގޮނޑީގަ ކުރެވިދާނެ ހެއްޔޭ؟ ޢިލްމުވެރިން ބަޔާން ކުރައްވަނީ ސުންނަތް ނަމާދު ނަމަ ފެށިގެން ނިމެންދެންވެސް އޭނައަށް ހަމަ ގޮނޑީގަ ނަމާދު ކުރެވިދާނޭ އެ ކޮޅަށް ހުރެވޭ މީހާއަށްވެސް. އެކަމަކު އެމީހާއށް ލިބޭނީއެ ޘަވާބުގެ ދެބައިކުޅަ އެއްބައެވެ.

އެއީ އެބައޮތް ސާބިތުވާން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ސުންނަތް ނަމާދު އިށިއިނދެވަޑައިގެން އެކަލޭގެފާނުގެ ސަވާރީ މައްޗަށް އަރާ ވަޑައިގެން ހުންނަވާވެސް, އިށިއިނދެ ވަޑައިގެން އެކަލޭގެފާނު ސުންނަތް ނަމާދު ކުރެއްވިކަމަށް އެބައޮތް ސާބިތުވާން. އެއީ އެކަލޭގެފާނު ކޮޅަށް ހުންނަވައިގެން ނަމާދުކުރުމުގެ ކުޅަދާނަކަމާއި އެކުގަވެސް. އެހެންނަމަވެސް އެގޮތަށް ކޮށްފިކަމަށް ވާނަމަ އެމީހަކަށް މި ލިބެނީ އެ ނަމާދުގެ ޘަވާބުގެ ދެބައިކުޅައެއްބައި.  

ދެން ސުވާލަކީ ޖަމާއަތުގައި ނަމާދުކުރާއިރުގަ އެގޮނޑި ބަހައްޓާނީ ކޮންތާކުހެއްޔޭ. އޭނާގެ، މިސާލަކަށް ގޮނޑީގަ މި ނަމާދު ކުރަނީ. އޭނަ ގޮނޑި އެހެންވެއްޖެއްޔާ ބަހައްޓާނީ ކޮންތާކުހެއްޔޭ؟  

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އޭނަ ނަމާދު ފެށިގެން ނިމެންދެން އޭނަގެ މުޅި ނަމާދު އޭނާ އިށިއިނދެގެން ކުރާކަމަށް ވާނަމަ އޭނަގެ ގޮނޑި ބަހައްޓާނީ އޭނަ ގޮނޑީގެ ފަހަތު ފައި ސަފާ ހަމައަށް އެއްވަރު ކުރާނީ، ގޮނޑީގެ ފަހަތުފައި. އެގޮތަށޭ އެއްވަރު ކުރާނީ. އެއީ އޭނަ މިހުންނަނީ ގޮނޑީގެ މައްޗަށް އިސްތިޤުރާރުވެގެން، ގޮނޑިއަށް ބާރުދީގެން އޭނަ މިހުންނަނީ. އެހެންވީމަ ގޮނޑިއާ، އެ ގޮނޑީގެ ފަހަތުންނޭ ސަފުތަކާ އެއްވަރު ކުރާނީ. ދެން މިސާލަކަށް މީހަކު އޭނައަށް ނަމާދަށް ކޮޅަށް ހުރެވޭ، ހަމަ ބަރާބަރަށް ކޮޅަށް ހުރެވޭ. ރުކޫއަށް ނުވަތަ ސަޖިދައަށް އޭނައަށް ހަމައެކަނި ނުދެވެނީ. އެފަދަމީހާ ޢިލްމުވެރިން ބަޔާންކުރައްވަނީ އޭނާގެ ގޮނޑި ފަހަތުގައޭ ބަހައްޓާނީ، އޭނާ ހުންނާނީ ހަމަ ސަފުތަކާ އެއްވަރަށޭ. އެކަމަކު މި ރާއްޖޭގަ މިސްކިތްތައް ހުންނަގޮތުން އެގޮތަށް ބަހައްޓައިފިކަމަށް ވާނަމަ ދެން ފަހަތުގަ ހުންނަ މީހާއަށް ސަޖިދައެއް ނުވެއް ކުރެވޭނެ، އެމީހާއަށް ވަރަށް އުނދަގޫވާނެ. ދެން އެހެންވެގެން ބައެއް ބޭފުޅުން ހައްދަވާގޮތެއް އެއީ ދެފައި ދޭތެރެއަށް ގޮނޑި ލައްވާލާފަ އެގޮތަށްވެސް ބަހައްޓަވާ. އެހެންވެއްޖެކަމަށް ވާނަމަ ޢިލްމުވެރިން ބަޔާންކުރައްވަނީ އެގޮތަށް އުނދަގޫ، ފަހަތުގަ ހުންނަ މީހާއށް އަނދަގޫވާ ހާލަތެއް އަންނަކަމަށް ވާނަމަ އެގޮނޑި ކުރިއަށް މިހެން ޖެހިލާފަ ހުއްޓަސް އެއީ މައްސަލައެއް ނޫނޭ.  

ދެން އަދި މުޅިނަމާދު އިށިއިނދެގެން ކުރާ މީހާވެސް ގޮނޑީގެ ފައި ސަފާ އެއްވަރަށް ބަހައްޓައިފިކަމަށް ވާނަމަ، އޭނަގެ ފައި ހުންނާނެ ބޭރަށް. ސަފުގެ ބޭރަށް އޭނަގެ ދެފައި އަންނާނެ. މިހެން އައިކަމުގަ ވީނަމަވެސް އެއީ މައްސަލައެއް ނޫނޭ ޢިލްމުވެރިން ވިދާޅުވަނީ. އެއީ އޭނަގެ ދެފައިގެ ބަދަލަށް އަސްލު ގޮނޑީގެ ދެފައި އެ އިންނަނީ. އެއީ އޭނަ މުޅި ނަމާދު ގޮނޑީގަ ކުރާކަމަށް ވާނަމަ. 

ދެން މިސާލަކަށް މިހެން ބުނިކަމުގަ ވީނަމަވެސް ގޮނޑީގަ ނަމާދުކުރައްވާ ބައެއް ބޭފުޅުން މި ތަނބުތަކާ ދިމާލަށްވާގޮތަށް އިށިއިނގެ ތިއްބަވާނެ ފަހަތުގަ ހުންނަ މީހާއަށް އުނދަގޫވެދާނެތީ. ދެން އެހާލަތުގަ އޭނަގެ ގޮނޑި ފަހަތުގަ ބަހައްޓައިގެން ނަމާދު ކުރިއަސް އޭނަގެ އެއްވެސް މައްސަލައެއް ނެތް. އެހެންނަމަވެސް ފަހަތުގަ ހުންނަ މީހާއަށް އުނދަގޫވާގޮތަށް ގޮނޑި ފަހަތުގަ ބަހައްޓައިގެން ނަމާދުކުރުން ރަނގަޅު ނޫންކަމުގަ ޢިލްމުވެރިން ބަޔާން ކުރައްވަނީ. 

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދީނުގެ ފިޤުހުވެރިކަން ދެއްވުން. އަދި އަޅުކަން ކުރަންވީގޮތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވާލަދެއްވުން.

(އަރަބި)

 

މިއަދު އޮންލައިން