ނޫމަޑި މައްސަލައާ ގުޅުވައި ދައްކާ ވާހަކަތައް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ނޫމަޑި މައްސަލައާ ގުޅުވައި ދައްކާ ވާހަކަތައް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދޮގުކޮށްފި

ނޫމަޑި މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޝްވަރާކުރެއްވިކަމަށް ބުނެ  ދައްކާ ސީޕީ ޝުޖާޢު ދޮގުކޮށްފިއެވެ.

މިކަމާގުޅިގެން ސީޕީ ޝުޖާޢު ނެރުއްވި ބަޔާނުގައި ވިދާޅުވީ ނޫމަޑި މައްސަލާގައި މަޝްވަރާކުރުމަށް އެއްވެސް ފަރާތަކާއި އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެކަމަށާއި އަދި މިއީ އެއްވެސް ހަޤީޤަތެއް ނެތް ދޮގުވާހަކައެއް ކަމަށެވެ.

ދާދިފަހުން ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ކުރީގެ ސިޕީ ހުސެއިން ވަހީދު ވަނީ ނޫމަޑި މައްސަލާގައި ސީޕީ ޝުޖާޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ބައްދަލުކުރެއްވިކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ނޫމަޑީގެ އެއްބަސްވުން ބާތިލްކުރި މައްސަލައިގެ ބަދަލުގައި 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.

މިއަދު އޮންލައިން