ހުޅުމާލެ' ފޭސް 2 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހުޅުމާލެ' ފޭސް 2 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު މިއަދު ހަވީރު (21 އޮގަސްޓް 2024) ގައި ހުޅުވައިފިއެވެ.

އާ ސެންޓަރަކީ އެ ފޭސް 2ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާސެންޓަރެއް ކަމަށާއި، އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓާމަރުންނަށް ލިބިގެންދާނެއެވެ. އޯއީސީ ހުންނާނޯވިނަރެސް ވީ6-ޖީ-03ގައެވެ. 

ކަސްޓަމަރުންގެ ތަޖުރިބާ ރަގަޅުކޮށް ޚިދުމަތްތަކުގެ މައުލޫމާތު ފަށޭހައިން ފޯރުކޮށޤދިނުމަށްޓަކައި އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް 2 އެކްސްޕީރިއަންސް ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ. މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެކެވެ

އާ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެކެވެ. 

ދެވަނަ ފިޔަވަހީގެ ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200 އަދި މެންދުރު 1300 އިން 1600 އަށެވެ.

 

މިއަދު އޮންލައިން