އިންޒާރުކަން އެނގޭނީ ކިހައިވަރެއްވީމަ؟ ކެލިފޯނިއާގަ ރޯވި އަލިފާނުގަ މަރުވި މީހުންގެ އަދަދު 76 އަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އިންޒާރުކަން އެނގޭނީ ކިހައިވަރެއްވީމަ؟ ކެލިފޯނިއާގަ ރޯވި އަލިފާނުގަ މަރުވި މީހުންގެ އަދަދު 76 އަށް!

ކެލިފޯނިއާގައި އެންމެ ފަހުން ރޯވި އަލިފާނުގައި މިހައިތަނަށް ވަނީ 76 މީހުން މަރުވެފައެވެ. އަދިވެސް ދަނީ އަނދަމުންނެވެ. ރައީސް ޓްރަމްޕް އިއްޔެ ވަނީ ކެލިފޯނިއާއަށް ގޮސް ޙާލަތު ބަލައިފައެވެ.

ހާލަތު ބެލުމަށްފަހު ބުނީ "މިއީ ލަފާކުރަންވެސް ނުއެނގޭ ވަރުގެ ބޮޑު ބިރުވެރިކަމެއް ކަމަށެވެ. އެމެރިކާއަކީ މިފަދަ ބޮޑެތި އަލިފާނުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ ޤައުމުކަމަށްވާއިރު އެމެރިކާއަކީ ދުނިޔޭގައި "ހުޅުޖަހަމުން" ގެންދާ ޤައުމެވެ. ޤައުމުތަކުގައި ހުޅު ޖެހުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޤައުމެވެ. ދުނިޔޭގެ ވެރިކަން ލިބިފައިވަނީ އެމެރިކާއަށް ކަމަށް ޤަބޫލުކޮށް އެމެރިކާ ބޭނުންވާ ކޮންމެ ކަމެއް ދަނީ ކުރަމުންނެވެ.

އެމެރިކާއަށް އަޅުވެތި ނުވެއްޖެ ނަމަ އެ ޤައުމަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައެވެ. ކޮންމެވެސް ގޮތަކުން އެ ޤައުމެއްގެ ވެރިކަން ބަދަލުކުރުވައި އެމެރިކާއަށް ބޯލަނބާނެ މީހަކު ވެރިކަމަށް އިސްކުރުވައެވެ.

މިއަދު އޮންލައިން