ބައެއް މައިން އެމީހުން ބުރުގާ އަޅައި އަޢުރަ ނިވާކޮށްގެންތިބޭއިރު ބާލިޣްވެފައި ތިބޭ އެމީހުންގެ ދަރިން ބުރުގާ ނާޅުވާތީ ބައެއް މީހުން ސުވާލުއުފައްދައެވެ. ބައެއް މައިން އެމީހުންނަށްވުރެ ހަށިގަނޑުން ބޮޑު ދަރިން ގޮވައިގެން މަގުމަތީގައި ހިނގާއިރު މައިން ބުރުގާ އަޅާފައި ދަރިން ނުއަޅުވައި ބައިތިއްބާތީ ކަންބޮޑުވުން ފައުޅުކުރެއެވެ.
އެމައްސަލައިގައި ޑރ. އިޔާޟް ވިދާޅޫވެފައިވަނީ މިފަދައިންނެވެ.
ދަރިންނަށް ދީނީ ތަރުބިއްޔަތު ދިނުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެކެވެ. މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. ކުޑައިރުންސުރެ ކުއްޖާގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. އެކަންނުކޮށް ހުރެފައި ކުއްޖާ ބޮޑުވީމައި ނަމާދުކުރަން ބުނިނަމަވެސް އަދި ބުރުގާ އަޅަންބުނި ނަމަވެސް ކުދިން އެކަމަށް ފަސްޖެހުމަކީ ގާތްކަމެކެވެ!
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް