ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: ދެވަނަ ފުރުސަތު އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: ދެވަނަ ފުރުސަތު އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށް!

ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވޭ ދެވަނަ ޙާފިޡަކަށް ޅ. ނައިފަރު ބަށިމާގެ، އަލްޙާފިޡް އާސިރު އާރިފް ޔޫސުފް ހަމަޖައްސައިފިއެވެ.

އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށް މި ފުރުސަތު ދެއްވުމަށް ހަމަޖެހިފައިވާކަން އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޡަކީ، އަލްޙާފިޡް އަލީ ރައީފްއެވެ. ރަޢީފަށްވަނީ މިކަމުގެ ލިޔުންވެސް އަރުވާފައެވެ.

ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފައްޓަވާންމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށެވެ

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން