އުފަންވެލި ޝޮޕްތަކުން ކުކުޅާ ކުކުޅުގެ ބާވަތްތަކާ އެހެންވެސް ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އުފަންވެލި ޝޮޕްތަކުން ކުކުޅާ ކުކުޅުގެ ބާވަތްތަކާ އެހެންވެސް ބައެއް ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށްފި!

އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ބާވަތްތަކާ އެހެންވެސް ބައެއް ބާވަތްތައް އަގުހެޔޮކޮށްފިއެވެ. މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހަށް ކުރިއަށް ގެންދާ ޕްރަމޯޝަންގައި:

ޗިކަން ބޯންލަސް ބްރެސްޓް ކިލޯއެއް ވިއްކާނީ އެންމެ 65 ރުފިޔާއަށެވެ. 900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް ޕެކެޓެއް ވިއްކާނީ އެންމެ 50 ރުފިޔާއަށެވެ. 900 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 40 ރުފިޔާއަށެވެ. 1 ކިލޯގެ ކުކުޅެއް ވިއްކާނީ އެންމެ 42 ރުފިޔާއަށެވެ. 1200 ގްރާމްގެ ކުކޮޅެއް ވިއްކާނީ އެންމެ 50 ރުފިޔާއަށެވެ. 1400 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 58 ރުފިޔާއަށެވެ. 

މީގެ އިތުރުން އިނގުރު ކިލޯއެއް އެންމެ 50 ރުފިޔާއަށް، ލޮނުމިދިކިލޯއެއް އެންމެ 50 ރުފިޔާއަށް، އަދި ލުނބޯ ކިލޯއެއް އެންމެ 45 ރުފިޔާއަށް ވިއްކާނެއެވެ. 

އުފަންވެލި ޝޮޕްތަކުން ގެންދަނީ ތަރުކާރީ އާއި މޭވާ އަދި އެނޫންވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ.

މިއަދު އޮންލައިން