ފިޔާގެ އަގު ބާޒާރުގައި ބޮޑުވެފައިވީނަމަވެސް އުފަންވެލި ޝޮޕްތަކުން ކިލޯއެއް 35 ރުފިޔާއަށް ވިއްކަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިޔާގެ އަގު ބާޒާރުގައި ބޮޑުވެފައިވީނަމަވެސް އުފަންވެލި ޝޮޕްތަކުން ކިލޯއެއް 35 ރުފިޔާއަށް ވިއްކަނީ!

ފިޔާގެ އަގު އުފުލި ބާޒާރުގައި ކިލޯއެއް 50 ރުފިޔާއަށް އުފުލިފައިވީނަމަވެސް އުފަންވެލި ޝޮޕްތަކުން ފިޔާ ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ އިންޑިއާގައި މޫސުން ގޯސްވެ ފިޔާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ފިޔާ ލިބުމުގައި މިވަގުތު ދަތިތަކެއް ހުރުމުން ފިޔާގެ އަގު އުފުލިފައިވީނަމަވެސް ފިޔާލިބެންފެށުމުން އެންމެ ހެޔޮ އަގުގައި ވިއްކާނެ ކަމަށެވެ.

ފިޔާގެ އިތުރުންވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ގިނަ ބާވަތްތަކެއް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ. 

ޗިކަން ބޯންލަސް ބްރެސްޓް ކިލޯއެއް ވިއްކާނީ އެންމެ 65 ރުފިޔާއަށެވެ. 900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް ޕެކެޓެއް ވިއްކާނީ އެންމެ 50 ރުފިޔާއަށެވެ. 900 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 40 ރުފިޔާއަށެވެ. 1 ކިލޯގެ ކުކުޅެއް ވިއްކާނީ އެންމެ 42 ރުފިޔާއަށެވެ. 1200 ގްރާމްގެ ކުކޮޅެއް ވިއްކާނީ އެންމެ 50 ރުފިޔާއަށެވެ. 1400 ގްރާމްގެ ކުކުޅެއް ވިއްކާނީ އެންމެ 58 ރުފިޔާއަށެވެ. 

މީގެ އިތުރުން އިނގުރު ކިލޯއެއް އެންމެ 50 ރުފިޔާއަށް، ލޮނުމިދިކިލޯއެއް އެންމެ 50 ރުފިޔާއަށް، އަދި ލުނބޯ ކިލޯއެއް އެންމެ 45 ރުފިޔާއަށް ވިއްކާނެއެވެ. 

އުފަންވެލި ޝޮޕްތަކުން ގެންދަނީ ކުކުޅުބިހާއި ތަރުކާރީ އާއި މޭވާ އަދި އެނޫންވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ.

މިއަދު އޮންލައިން