އުރީދޫ މޯލްޑިވްސް އިން މި މަހުގެ 23ވާ ހުކުރު ދުވަހު ބާއްވާ ކަލަރ ރަންގެ އެކްސްޕޯރ މިއަދު ފަށައިފިއެވެ.
ކަލަރ ރަންގެ ދުވުންތެރިންނަށް ބިބް ދޫކުރުމަށް ބާއްވާ މި އެކްސްޕޯރ ކުރިއަށްދަނީ ނެޝަނަލް އާޓް ގެލެރީގައެވެ.
މި އެކްސްޕޯރ މިއަދާއި މާދަމާ ކުރިއަށްދާ އިރު، އެކްސްޕޯރ އޮންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00ން 18:00އަށް އަދި ރޭގަނޑު 20:00ން 22:00އަށެވެ.
ބިބް ކަލެކްޓުކުރުމަށް އަންނަ އިރު، އައިޑީ ކާޑާއި އުރީދޫއިން ފޮނުވާފައިވާ ކޮމްފަރމޭޝަން މެސެޖު ނުވަތަ މެއިލް ދައްކަން ޖެހެއެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެެން މީހަކު ފޮނުވާނަމަ، ރަޖިސްޓްރީކޮށްފައިވާ ފަރާތާއި ބަލާދާ ފަރާތުގެ އައިޑީ ކާޑު ގެންދަންޖެހެއެވެ.
މީގެއިތުރުން އުރީދޫއިން ފޮނުވާފައިވާ ކޮންފަރމޭޝަން މެސެޖު ނުވަތަ މެއިލް ދައްކަންޖެހެއެވެ.
އުރީދޫ އިން ބުނީ މާދަމާގެ ނިޔަލަށް ނުގެންދާ ބިބްތަކަށް އަލުން ރަޖިސްޓްރީވުމަށް ފުރިޞަތުދޭނެ ކަމަށެވެ.