ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް އިސްލާމީ މަރުކަޒުގަ ފަށަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 52ސ
ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް އިސްލާމީ މަރުކަޒުގަ ފަށަނީ!

ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގައި ފަށަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.  

ކުލާސް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްލާމީ މަރުކަރުގައި ކުރިއަށްގެންދާ ތަފްސީރު ކުލާސް.

ތަފްސީރު ކުލާހުގައި ނިޡާމީ ގޮތެއްގައި ކީރިތި ޤުރްއާނުގައި ވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމުގައި އަންނަނިވި ކަންތައްތަކަށް އަލި އަޅުވާލެވޭނެއެވެ.

1. އާޔަތްތައް ބާވައިލެއްވުނު ސަބަބު.

2. އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުން.

3. ﷲގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުން.

4. ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީނަޒަރަކުން ބަލާލުން.

5. ﷲގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދިނުން.

- ޚަބަރު: އިސްލާމިކް މިނިސްޓްރީ

މިއަދު އޮންލައިން