ބަންގި ގޮވާ މީހާގެ މާތްކަން އެނގޭނަމަ ގުއަތުލައިގެންވެސް ބަންގިގޮވަން މަސައްކަތްކުރާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ބަންގި ގޮވާ މީހާގެ މާތްކަން އެނގޭނަމަ ގުއަތުލައިގެންވެސް ބަންގިގޮވަން މަސައްކަތްކުރާނެ!: ޙަދީޘް

އާދެ، ބަންގި ގޮވާ މީހުންނާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވީ، އެމީހުން ޤިޔާމަތްދުވަހުގަ އެމީހުންގެ ކަރުތައް ދިގުވެގެން ދާނެކަމަށްވެސް. ކަރުތައް، އެ ދެން މާތްކަމުގެ ގޮތުން ބަޔާން ކުރެއްވީ. އެމީހުން އެއްކަލަ ބަންގި ގޮވީމާ، އެމީހުންގެ އަޑު ފޯރާ ހުރިހާ އެއްޗެހިތަކެއް އެމީހުންނަށް ހެކި ދޭނެކަމަށް ޤިޔާމަތް ދުވަހުގަ އެމީހުންނަކީ މުއުމިނުން ކަމަށް، ބަންގި ގޮވާ މީހާ. ދެން އަދި ބަންގި ގޮވާމީހާގެ މާތް ކަން ތިޔަބައިމީހުންނަށް އެނގޭނަމަ ގުރުއަތު ލައިގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތް ކަމުގަ ވާނަމަ ގުރުއަތު ލައިގެންވެސް ތިޔަބައިމީހުން މަސެއްކަތް ކުރީހޭ ބަންގި ގޮވަން. 

އެހެންމަ ބަންގި ގޮވުމުގެ މާތްކަން އެއީ. އެހެންމަ އެމީހުންނަށް، އަނެއްކަ އެމިހުން ބަންގީގެ އަޑު ފޯރާ ހުރިހާ އެއްޗެއް ޤިޔާމަތް ދުވަހު ހެކި ދިނުން އެއީ ވަރަށް ބޮޑު ކަމެއް ޙަޤީގަތުގައި އޭނާއަކީ މުއުމިނެއްކަމަށް، އެ ހުރިހާ އެއްޗެއް ގަސްގަހާ ގެއްސާއި އެ އަޑު ފޯރާ ހުރިހާ ހިސާބެއްގަ މިހިރަ ހުރިހާ އެއްޗިއްސެއް އޭނާއަށްޓަކައި ހެކިދޭނެ ޤިޔާމަތް ދުވަހުގައި. 

ދެންހަމަ އިމާމުމީހާ، އިމާމުމީހާއަކީ އެއީ ޒިންމާދާރެއް އެއީ ވަރަށް ބޮޑު. އޭނައަށް ނަމާދުކުރާ ހުރިހާއެންމެންގެ ޘަވާބު އޭނާއަށް ލިބޭނެ. އެ ނަމާދުކުރާ މީހުންގެ ޘަވާބުން އެއްވެސް މިންވަރެއް އުނިވުމަކާ ނުލާ. އެއީ އޭނާގެ ފަހަތުގަ އެކުރަނީ އިބްތިދާވެގެން ހުރިހާއެންމެން ނަމާދު. އެއީ އޭނާ ކުށެއް ކޮށްފިއްޔާ އެ ކުށްވެސް ތަންކޮޅެއް ބޮޑުވާނެ. ހަމައެގޮތަށް އޭނާގެ އަޖުރުވެސް ހަމަ އެހާ ބޮޑު. އަޖުރުވެސް އެހާބޮޑު، އެ އިމާމަކަށް ހުރީމާ ހުރިހާ މައުމޫމުންގެ ޘަވާބުވެސް އޭނާއަށް އެބަލިބޭ ނަމާދުގެ. އެހެންވީމަ ވަރަށް ބޮޑު ސަވަބެއް އެއީ ހަޤީގަތުގައި. 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން