ޟުޙާ ނަމާދު: ވަރަށް ލުއިކޮށްވެސް ކުރެވެން އޮތް ނަމާދެއް! މުހިންމީ ޟުޙާނަމާދު ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޟުޙާ ނަމާދު: ވަރަށް ލުއިކޮށްވެސް ކުރެވެން އޮތް ނަމާދެއް! މުހިންމީ ޟުޙާނަމާދު ކުރުން!

ޟުޙާ ނަމާދުގެ ރަކްއަތުގެ ޢަދަދާއި ވަޤުތާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ އެކަމަށް އޮތް ޖަވާބެވެ. 

ފެންނަން ހުރި ޞައްޙަ ޙަދީޘްފުޅުތަކަށްބަލާއިރު ޟުޙާ ނަމާދުގަ 2 ރަކްއަތް ކުރަން ރަސޫލް () އިރުޝާދު ދެއްވަވާފައިވެއެވެ. އަދި 4 ރަކްޢަތާއި 8 ރަކްޢަތް ރަސޫލް () ވަނީ ކުރައްވަވައިފައެވެ. 8 ރަކްޢަތް ކުރައްވަވާފައިވަނީ މައްކާ ފަތަޙަ ކުރެއްވެވި ދުވހުއެވެ. 

އެންމެ ގިނަ ހަދީޘްފުޅުތައް ރިވާ ކުރެއްވެވި އެއް ބޭކަލަކު ކަމުގައިވާ އަބޫހުރައިރާގެ އަރިއަހުން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނުގެ ޞާޙިބާ، () 3 ކަމަކަށް ތިމަންނާއަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި ޞުޙާގެ 2 ރަކްޢަތް ނަމާދު ކުރުމާއި ނިދުމުގެ ކުރިން ވިތުރިކުރުން ކަމަށެވެ." 

އަބޫ ޛައްރުވެސް  ރިވާކުރައްވަވާފައިވަނީ 2 ރަކްޢަތް ކަމަށެވެ. 12 ރަކްޢަތް ކަމަށް ބަޔާން ކުރާ ޙަދީޘަކީ ސަނަދުގެ ގޮތުން ބަލިކަށި ޙަދީޘްއެކެވެ. 

ޟުޙާ ނަމާދުގެ ވަގުތަކީ އިރުއަރައި 15 ވަރަކަށް މިނިޓް ވުމެވެ. (މެންދުރު ނަމާދުގެ ވަޤުތު ޖެހުމާއި ޣާތްވަންދެން ނަމާދުގެ ވަޤުތު ދެމިގެންދެއެވެ.) 

ވީމާ ސުންނަތުން ސާބިތުވާ ޢަދަދުތަކުން އެމީހަކުކުރަން ބޭނުންވަރަކަށް ކުރާށެވެ. އެއީ 2،4،8 އެވެ. 

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން