ކުށު ސަޖިދަ ކުރަންޖެހޭ ޙާލަތުގައާއި ތިލާވަތުގެ ސަޖިދައިގައޮވެ ކިޔާނެ ދުޢާއަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.
"ނަމާދުގެ ކުށު ސަޖިދައިގައި ކިޔަން ވަކި ޚާއްޞަ ދުޢާއެއް ނެތެވެ. ޢާންމުކޮށް ސަޖިދައި ކިޔާ ފަދައިން ކިޔުމުން ރަނގަޅުވާނެއެވެ. މީގެ އިތުރުން ތިލާވަތުގެ ސަޖިދައިގައިވެސް ޢަމަލުކުރަންވީ ހަމަ އެފަދައިންނެވެ. ސަޖިދައިގައި އޮވެ ކިޔުން ހުއްދަ ކޮންމެ ތަސްބީހްއެއްވެސް ކިޔަންވީއެވެ."
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު