ހަނދުމަކޮށްދިނުމެއް! މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އަޢުރަ ނިވާކުރާ މީހާގެ ހެދުން ހުންނަޖެހޭނެ ގޮތް-: ޝައިޚް ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ހަނދުމަކޮށްދިނުމެއް! މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އަޢުރަ ނިވާކުރާ މީހާގެ ހެދުން ހުންނަޖެހޭނެ ގޮތް-: ޝައިޚް ޝަފީޢު

އައުރަ ނިވާކުރުމަކީ ހަމައެކަނި ބޮލުގައި ފޮތިކޮޅެއް އޮޅައިލުމެއް ނޫނެވެ. އެއީ އެއަށް ވުރެން ބޮޑު ކަމެކެވެ. 

ހިތް މައްޗަށް ފުރަތަމަ ގެންނާން ވީ އެކަން ކުރާ މަޤްޞަދެވެ. އެ ކަން ކުރަނީ މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށެވެ. މާތް ﷲގެ އަމުރުފުޅަކަށް ވާތީ އެޔަށް ބޯލެނބުމުގެ މަޤްޞަދުގައެވެ. އާޚިރަތް ބާއްޖަވެރިކުރުމުގެ މަޤްޞަދުގައެވެ. 

އެ މަޤްޞަދު ޙާސިލުކުރާން އައުރަ ނިވާކުރާ މީހަކު އެ ކަން ކުރާނީ އެ އިލާހު ރުއްސަވާ ފަދަ ގޮތަކަށެވެ. އޭނާގެ ހެދުމެއް ގަޔަށް ބާރެއް ނުވާނެއެވެ. ޖިންސާއި ޓޮޕަކަށް އެ ހެދުމެއް ނުވާނެއެވެ. ވަނާތައް ހާމަވާ ފަދަ ހެދުމަކަށް އެ ހެދުމެއް ނުވާނެއެވެ. 

ޒުވާނުންނޭވެ! ކުރާ ކަމެއް މާތް ﷲގެ ރުއްސެވުމާއި ފުއްސެވުން އެދި ކުރާށެވެ. އެ ކަމެއް ކުރުމަށް އޮތް ގޮތަކީ ކޮބައިތޯ ބަލައިގެން އެކަމެއް ކުރުމަށް އޮތް މަގުން އެކަމެއް ކުރާށެވެ. އޭރުން މަގު އޮޅިގެނެއް ނުދާނެއެވެ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން