ގިނަ ބައެއްގެ އެންމެ ބޮޑު އެއް ބަލިފަޔަކީ ތިމާއަށް ހުރިހާ ކަމެއްވެސް މިކުރެވެނީ ހަމަ އެންމެ ރަނގަޅަށް ކަމަށް ވިސްނުމެވެ. މިއީ އެހައި ފަސޭހައިން ގޮތް ނިންމައިގެންވާން އޮތް ކަމެއް ނޫނެވެ. ތިމާއަށް ކުރެވޭ ކަންކަމާއިމެދު ބައިވެރިޔާގެ ޚިޔާލު ކޮންމެ ދުވަހަކުވެސް ހޯދަން މަސައްކަތްކުރަންވާނެއެވެ.
ދެމަފިރިންގެ މެދުގައި އުފާވެރިކަން ތާޒާކޮށް ބާއްވަން ބޭނުންނަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ބައިވެރިޔާއާއި ކޮންމެ ދުވަހަކު މި 4 ސުވާލުކޮށްބަލާށެވެ!
1 އަހުރެންނަށް ކުރެވޭ ކަންތައްތަކުގެ ތެރެއިން އެކަމެއް ކުރުން ހުއްޓާލަން ތިބާ ބޭނުންވާ ކަމެއް އެބައޮތް ހެއްޔެވެ؟
2 އަހުރެން ކުރަން ތިބާ ބޭނުންވާ ކަންތައްތަކުގެ ތެރެއިން އަހުރެންނަށް ކުރަން ނުފެށިވަނީ ކޮންކަމެއް ހެއްޔެވެ؟
3 އަހުރެންނަށް ކުރެވޭ ކަންކަމުގެ ތެރެއިން ތިބާއަށް އެންމެ ބޮޑު ހިތްހަަމޖެހުމެއް ލިބެނީ ކޮންކަމަކުންހެއްޔެވެ؟
4 އަދި އެއްގޮތަކަށްވެސް ކުރުން ހުއްޓާލައިގެން ނުވާނެ ކަމަކީ ކޮބައިހެއްޔެވެ؟
ހަމައެކަނި ސުވާލުތައް ކުރުމަކުންވެސް ނުފުދޭނެއެވެ. ބައިވެރިޔާ ފައުޅުކުރާ ޚިޔާލަށް ރަނގަޅަށް ވިސްނައި ޢަމަލުކުރަންވެސްވާނެއެވެ. މާނައަކީ ބައިވެރިޔާ ދޭ ޖަވާބުތައް ބަލައިގަންނަންވާނެއެވެ. މި 4 ސުވާލު ކޮންމެ ދުވަހަކުވެސް ކޮށް، ބައިވެރިޔާދޭ ޖަވާބު ބަލައިގަނެ ޢަމަލުކުރާނަމަ ދެމީހުން އަބަދުވެސް ތިބޭނީ އުފަލުންނެވެ. އިން ޝާ ﷲ
- ޝަމްވީލާ / މިއަދުނޫހަށް