އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހާ، ނުވަތަ ނަމާދު އަޅާ މީހާ، އެމީހުންގެ ޙާލަކީ ކޮބައިތޯ؟ ނަރަކައަށް ވެއްދޭ ފުރަތަމަ ޖަމާޢަތުގެ މީހުންނާކުރެވޭ ސުވާލު ނިކަން ބައްލަވާ، ކީރިތި ޤުރުއާނުގަ އެއޮތީ އެވާހަކަ ބަޔާންކުރައްވާފައެވެ.
مَا سَلَكَكُمْ فِى سَقَرَ ތިޔަބައިމީހުން މިނަރަކަޔަށް ވަންނަން ޖެހުނީ ކީއްވެހޭ؟
އެމީހުން ދޭ ޖަވާބަކީ ކޮބައިތޯ؟" قَالُوْا لَمْ نَكُ مِنَ الْمُصَلِّيْنَۙ " ތިމަންނަމެން ނަމާދުނުކުރާ ބަޔަކަށް ވީތީއޭ. (ތިމަންމެން ނަމާދު ނުކުރީތީއޭ)
ނަރަކަޔަށް ތިޔަބައިމީހުން ވަންނަން ޖެހުނީ ކީއްވެހޭ؟ ތިމަންނަމެން ނަމާދުނުކުރާ ބަޔަކަށް ވީތީޔޭ. އެހެންވީމަ ނަމާދުނުކުރާ މީހާ، ނަރަކަނޫން އެހެންތަނެއް އޭނައަކަށް ނެތެވެ. ނަމާދު އަޅާ މީހާ، ނަރަކަ ނޫން އެހެންތަނެއް އޭނައަކަށް ނެތެވެ. އެއީ، ނަމާދުނުކޮށްފިއްޔާ ދީނެއް ނެތް އޭނަގެއެއް. ނަމާދު އަޅާ މީހާގެ ދީނެއް ނެތް.
ރަސޫލުﷲ ﷺ ޙަދީޘްފުޅުކުރައްވަނީ " بَيْنَ الرّجْلِ وَ بَيْنَ الشِّرْكِ وَالْكُفْرِ تَركُ الصَّلاة " މީހާޔާ ކުފުރާ ދެމެދުގައިވާ ހުރަހަކީ ކޮބައި؟ ޝިރުކާ، ކުފުރާ މީހާޔާ ދެމެދުގަވާ ހުރަހަކީ ނަމާދޭ. އެހެންވީމަ ނަމާދު އަޅައިފިމީހާ ކުފުރުގެ ތެރެއަށް ވަދެގެންދާނެ، ޝިރުކުގެ ތެރެއަށް ވަދެގެންދާނެ، ނަމާދު އަޅައިފިމީހާ. އެހެންވީމަ މީހާއާ ކުފުރާ ދެމެދުގައިވާ ހުރަހަކީ ނަމާދު.
އަދިވެސް ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރައްވަނީ، "الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاة، فَمَنْ كَفَرَ تَرَكَهَا فَقَدْ كَفَرَة " ތިމަންނަމެންނާ އެކާފަރުންނާ ދެމެދުގަވާ ހުރަހަކީ ނުވަތަ މުނާފިޤުންނާ ދެމެދުގަވާ ހުރަހަކީ ނަމާދޭ. ނަމާދު އަޅައިފިމީހާ ކާފިރު ވެއްޖެކަން ކަށަވަރޭ. ނަމާދު އަޅައިފިމީހާ ކާފިރު ވެއްޖެކަން ކަށަވަރޭ. އެހެންވީމަ އެމީހަކު ދީނުން ބޭރުވެގެންދާނެ، ނަމާދު ޤަސްދުގަ އަޅައިފިމީހާ ދީނުން ބޭރުވެގެންދާނެ،
ނަމާދު ވަޤުތު ދަންދެން ނަމާދުނުކޮށް ހުރުމަށް އޮތީ ހަމައެކަނި އެންމެ ދެ ޢުޒުރު، ހަމައެކަނި އެންމެ ދެ ޢުޒުރު، އެއީ ނިދުމާ ހަނދާން ނެތުމާ. ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރައްވަނީ ނަމާދު ނުކޮށް ނިދިފަ އޮތް މީހާ، އޭނަ ހޭލެވޭއިރަށް އެނަމާދު ކުރާށޭ. އެއީ އޭނައަށް އެނަމާދުގެ ވަޤުތޭ. އަދި ހަނދާންނެތިއްޖެނަމަ ހަނދާން ވާއިރަށް އެނަމާދު ކުރާށޭ، އޭނާއަށް އެނަމާދުގެ ވަޤުތޭ.
- الشيخ ممحمّد إبراهيم (ނައިފރު)