ހަނދުމަކޮށްދިނުމެއް: ރަސޫލް ޞޢޥ ނުކުރައްވަވައި ދޫނުކުރައްވަވާ ރަވާތިބު ސުންނަތުގެ 6 ރަކްޢަތް- ނުކޮށް ދޫކޮށްލަން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހަނދުމަކޮށްދިނުމެއް: ރަސޫލް ޞޢޥ ނުކުރައްވަވައި ދޫނުކުރައްވަވާ ރަވާތިބު ސުންނަތުގެ 6 ރަކްޢަތް- ނުކޮށް ދޫކޮށްލަން ހެޔޮ ނުވާނެ!

ރަވާތިބު ސުންނަތުގައިވަނީ 12 ރަކްޢަތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެ 12 ރަކްޢަތް ކުރެވޭތޯއެވެ! އެހެންކަމާއިއެކުވެސް އިތުރަށް ނިކަން ވިސްނައިލަމާ ހިނގައިބަލާށެވެ!

ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ.

"ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުގެ ކުރީގެ 4 ރަކްޢަތާއި ފަތިސް ނަމާދުގެ ކުރީގެ ކުރީގެ 2 ރަކްޢަތް ދޫނުކުރައްވަވަތެވެ!" (ޞަޙީޙް ބުޚާރީ: 1182)

ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ! ޖަމާޢަތް ފަށާތީ އިހު ސުންނަތް ނުކުރެވިއްޖެނަމަ ޤަޟާއަށް ނަމަވެސް ކުރާށެވެ. ސުވަރުގެއިން ގަނޑުވަރަކަށް އުންމީދުކުރާށެވެ!

މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ރަވާތިބު ސުންނަތް ދޫނުކުރާށެވެ! އަވަދިނެތި އުޅެގެން ކިތަންމެ ބޮޑު، ކިތަންމެ ފުރިހަމަ ގެއެއް ދުނިޔޭގައި އެޅި ނަމަވެސް އެގެ އަޅައި ނިމޭތަނުންވެސް ނުކުމެ ކައްވަޅަށް ދާންޖެހިދާނެއެވެ. ސުވަރުގޭގައި އަޅާގެއިން ނުކުންނަން ދުވަހަކުވެސް ނުޖެހޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

 

 

މިއަދު އޮންލައިން