އަންހެންކުދިން ކަންފަތާ އެހެން ތަންތަން ތޮރުފުމާބެހޭ ގޮތުން އެގުން މުހިންމު ބައެއް ކަންކަން-: ޝައީކް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އަންހެންކުދިން ކަންފަތާ އެހެން ތަންތަން ތޮރުފުމާބެހޭ ގޮތުން އެގުން މުހިންމު ބައެއް ކަންކަން-: ޝައީކް މުޙައްމަދު އިބްރާހީމް

އަންހެންކުދިން ކަންފަތް ތޮރުފުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

އާދެ، ކަންފަތް ތޮރުފުމާ ބެހޭގޮތުންވެސް އެބަހުރި ޢިލްމުވެރިން ވާހަކަ ދައްކަވާފަ. ބައެއް ޢިލްމުވެރިން އެކަމަކާ ނުރުއްސަވާ، އަދި ބައެއް ޢިލްމުވެރިން ހުއްދަ ދެއްވާފަ އެބަހުރި އެކަމާ. އެކަމަކު އެއީ ކަންފަތު ފޫޅު ހަމައެކަނި، ހަމައެކަނި ފޫޅު އެއީ. 

މިހާރު އަޞްޙާބު ބޭކަލުންގެ ޒަމާނުގައި ކަންފަތުމުދި ބޭނުންކުރެއްވިކަން އެބަހުރި އެނގެން. އެއީ ނަބިއްޔާ ހުކުރު ދުވަސްތަކުގައި ޞަދަގާތް ކުރެއްވުމަށް އެކަލޭގެފާނު ބާރު އެޅުއްވީމާ، މިސްކިތުން އަންހެންވެރިންގެ ފަރާތުން އެބައާދޭ ބޮޑެތި އުރައުރަ ގަހަނާ. ގަހަނާއިން ފުރިފައިވާ ބޮޑެތި އުރައުރަ، ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކުރިފުޅުމައްޗަށް އެބައާދޭ. އޭތީގަ އެބަހުރޭ ކަންފަތުމުންޖާ، ފަށާ، ކަރުގަ އަޅާ ފަށާ، ގިލަފައްޗާ، ތަކަހޮޅިއާ އެކަހަލަ ބައިބަރު ގަހަނާތައް އެބަހުރޭ. އޭގެތެރޭގައި ކަންފަތު މުދި ހުރިކަން އެބަހުރި އެނގެން. 

ދެން ހުރިހާ ޒަމާނެއްގަވެސް ކަންފަތު މުދި އާންމުކޮށްހަމަ ބޭނުންކޮށްފަ ހުރީ ހަމަ ތޮރުފައިގެން. ދެން ތިއްބާ ގޮތަށް މުދި ބޭނުންކުރަން ފެށީ ވަރަށް ފަހުން. ތިއްބާގޮތަށް، އެއީ ތަންކޮޅެއްފަހުން ބޭނުންކުރަން ފެށިގޮތެއް އެއީ. ހަމަ ކުރީއްސުރެ ކަންފަތު މުދި ބޭނުންކުރެވެމުން އައީ ހަމަ ކަންފަތް ތޮރުފައިގެން. އެހެންމެ އެ ކަންފަތު ފޫޅުކޮޅު ތޮރުފިދާނެ. އެ ފޫޅުކޮޅު އެއީ ކައްޓެއް އެއްޗެއް، ހަރުކަމެއް ހުރި ތަނެއް ނޫން އެއީކީއެއް. ހަރުކަމެއް ހުރި ތަނެއް ނޫން. އެހެންވީމަ ކަންފަތު ފޫޅުކޮޅު ހަމައެކަނި ތޮރުފިދާނެކަމަށް ޢިލްމުވެރިން ވިދާޅުވަނީ. 

ދެން މިސާލަކަށް ބައެއް މީހުން ހައްދުފަހަނަ އަޅައިގެން ގޮސް ތޮރުފަމުން ތޮރުފަމުން ގޮސް ނުތޮރުފާކަށް ތަނެއް ނެތް. ލޮލުގެ ބުމައާޢި، ފޫޅާ، ދެން ގޮސް މިހެން ގޮސް ދެން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ހައްދުފަހަނަ އަޅައިގެން ގޮސް މިއަދު ނުތޮރުފާކަށް ތަނެއް ނެތް ހަށިގަނޑުގަ. އެއީ ދެން ހައްދުފަހަނަ އެޅުން. އެއީ ހުއްދައެއް ނުވާނެ. ހުއްދައެއް ނުވާނެ ކަންފަތުގެ ވޮށިވެސް މިހުންނަނީ ކައިރިކައިރިން ބައެއް މީހުން ތޮރުފާފަ. ދޫ ތޮރުފާއެބަ، ހުރިހާ ތަނެއް އެބަ ތޮރުފާ. ތޮރުފާފަ މުދި އަޅުވާފަ އެބަތިބޭ. އެ ހުއްދައެއް ނުވާނެ. ހަމައެކަނި ކަންފަތު ފޫޅު ތޮރުފުން އެ ހުއްދަ ކުރައްވާ ބޭކަލުންވެސް ހުއްދަ ކުރައްވަނީ ކަންފަތު ފޫޅު ތޮރުފުން. އެހެން ތަނެއް ހުއްދައެއް ނުވާނެ. 

ދެން އަދި ބައެއް މީހުން ހުއްދަ ކުރައްވާ އަދި ނޭފަތް. ނޭފަތް ތޮރުފާލުންވެސް ބައެއް މީހުން ހުއްދަ ކުރައްވާ ބައެއް ޢިލްމުވެރިން. ވިދާޅުވަނީ އެއީވެސް އަންހެނުންގެ ޒީނަތަކަށްޓަކާ ވަރަށް ކުރީއްސުރެ މީހުން ތޮރުފަމުން އައި ތަނެކޭ އެއީ ނޭފަތަކީ. އެހެންމަ ނޭފަތް ތޮރުފުންވެސް ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވާ. އެކަމަކު އެ ހުއްދަ ކުރައްވާ ގިނަ ބޭކަލުން ހަމަ ހުއްދަ ކުރައްވަނީ ކަންފަތު ފޫޅު އެކަނި.

 

- ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން