މިހިރަގެން ޘާބިތުވަނީ ބިރުވެތިވާންވީ ކަންކަން!: ނޭވާލުން ހުއްޓުނަސް މަރުނުވާކަމަށް ސައިންސްވެރިން އެއްބަސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިހިރަގެން ޘާބިތުވަނީ ބިރުވެތިވާންވީ ކަންކަން!: ނޭވާލުން ހުއްޓުނަސް މަރުނުވާކަމަށް ސައިންސްވެރިން އެއްބަސްވެއްޖެ!

އިނގިރޭސިވިލާތާއި އެމެރިކާގެ ޑޮކްޓަރުން، 2 ޤައުމުގައި، މަރުވެފައިވާ ކަމަށް ބެލެވޭ 500 އަށްވުރެ ގިނަ މީހުންނަށް ސީޕީއާރުދީގެން ކުރި ޓެސްޓްތަކަށްފަހު ބުނެފައިވަނީ ސީޕީއާރު ދިނުމުން ކޮންމެ 10 މީހަކުން 4 މީހަކަށް ކޮންމެވެސް ވަރެއްގެ އިޙްޞާޞްތަކެއް ކުރެވުނު ކަމަށެވެ. 

މާނައަކީ އެމީހުންގެ ނޭވާލުން ހުއްޓިފައިވީނަމަވެސް އަދި އެއިރު މަރުނުވާ ކަމެވެ. މަރުވިނަމަ އެނަތީޖާ ނުފެންނާނެތީއެވެ. މިކިޔަނީ ކީކޭ ހެއްޔެވެ؟ 

އިންސާނުންގެ ފުރާނަ ހަށިގަނޑާއި ވަކިވެގެންދާނީ މަރުޙަލާތަކަކުންނެވެ. ތަދުވާނެ ކަންކަން ކުރުމުން މަރުވެފައިވާ މީހުންނަށް ތަދުވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. މައްޔިތާ ވަޅުލާފައިދާ މީހުންގެ ފިޔަވަޅުތަކުގެ އަޑު އިވޭނެ ކަމަށްވެސް އެބައޮތެވެ. ވީމާ އޭނާގެ ނޭވާލުން ހުއްޓުނު ނަމަވެސް ޙަޤީޤީ މަރުން މަރުވަނީ ކިހައި އިރެއްފަހުންކަން އެނގޭނެ ގޮތެއް ނެތެވެ. 

ނޭވާލުން ހުއްޓިއްޖެނަމަ، ސިޕީއާރުދިނުމުންވެސް ނޭވާ ނުލައިފިނަމަ އެމީހަކު މަރުވެއްޖެކަމަށް ޑޮކްޓަރުން ކަނޑައަޅައެވެ. އަދި އެހިސާބުން އެމީހާއަށް އަލުން ދިރުން ނުލިބޭނެކަން ޔަޤީންކޮށް ހިނަވައި ވަޅުލަނީއެވެ. ހިނަވައި ސަންދޯކަށް ލުމުގެ މަރުޙަލާގެ ތެރެއިންވެސް ބައެއް މީހުން ވަނީ ނޭވާލައިފައެވެ. ސުވާލަކީ ސީޕީއާރު ދިނުމުންވެސް ނޭވާނުލެވުނު އެމީހާއަށް ފަހުން ނޭވޭއެލެވުނީ ކީއްވެގެން ހެއްޔެވެ؟ ކާކު ކޮން ފަރުވާއެއް ދީގެން ހެއްޔެވެ؟ 

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ސީޕީއާރު ދިނުމުންވެސް ނޭވާ ނުލެވުނީމާ މަރުވެއްޖެކަމަށް ކަނޑައެޅިތާ 1 ގަޑިއިރު ފަހުން އޭނާގެ ސިކުނޑިއަށް ކުރީގެ ހަނދާންތައް އަންނަކަންވެސް ސައިންސްވެރިން ހޯދައިފިއެވެ. 

މިހުރިހާ ކަމަކުންވެސް އެނގެނީ މަރުވުމާ ދިރުމާއި މިއިން އެއްވެސް ކަމެއްގެ އެއްވެސް ބާރެއް ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނެތްކަމެވެ. ﷲ ތަޢާލާ ދެއްވެވި ޢިލްމުގެ ބޭނުންކޮށްގެން ޖައްވުގައި އުދުހެވުނަސް ކޮންމެ ކަމެއްވެސް އެނގެން އޮތީ ﷲ ތަޢާލާ އަންގަވައިދެއްވެވި މިންވަރަކަށް ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން