އަދިވެސް އަރާނީ ހަމަ ލިފްޓުންތަ؟ ޑޮކްޓަރުން ބުނަނީ ސިޑިން އެރުމަކީ ޢުމުރުދިގުވާ ކަމެއް ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަދިވެސް އަރާނީ ހަމަ ލިފްޓުންތަ؟ ޑޮކްޓަރުން ބުނަނީ ސިޑިން އެރުމަކީ ޢުމުރުދިގުވާ ކަމެއް ކަމަށް!

ލިފްޓް ބޭނުން ނުކޮށް ސިޑިން އަރައި ފޭބުމަކީ ޢުމުރު ދިގުވާ ކަމެއްކަމަށް ޑޮކްޓަރުން ބުނަން ފަށައިފިއެވެ. އެމީހުން ދައްކަނީ މަދު އިންސައްތައެއްގެ ވާހަކައެއްވެސް ނޫނެވެ. 40 އިންސައްތައިގެ ވާހަކައެވެ. 

ސިޑިން އަރާފައިބާ މީހުންގެ ޢުމުރު ދިގުވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދޭތީއެވެ. ސްޓްރޯކްޖެހުމާއި ކޮލޮސްޓްރޯލް އިތުރުވުމުން ސަލާމަތްކޮށްދޭތީއެވެ. 

ޑޮކްޓަރުން އިލްތިމާސްކުރަނީ ސިޑިން އަރައިފޭބުމުން ކުރިމަތިވާނެ ނުރައްކަލެއް ނެތްނަމަ ލިފްޓްގެ ބަދަލުގައި ސިޑި ބޭނުންކުރުމަށެވެ. އެކަމުން ލިބޭ ކަސްރަތު ލިބިގަތުމަށެވެ. ކުރިން މިބުނި ސަބަބުތަކަށްޓަކައެވެ. 

އެމެރިކާގެ ޑޮކްޓަރުން ދައްކާ މިޒާތުގެ ވާހަކަތައް ނުދެއްކިނަމަވެސް މިއީ ސިންގަޕޫރުގައި ވަރަށް ކުރީގައި އޮތްކަމެކެވެ. ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ކޮންމެ އަހަރަކުވެސް ސިޑިން އެރުމުގެ މުބާރާތްތައް ބާއްވައެވެ. ޢުމުރުން 64 އަހަރުގެ ޔިމް ޕުއި އަކީ 40 ބުރިއަށް 7 މިނިޓުން ދުވެފައި އަރައި މުބާރާތްތައް ކާމިޔާބުކުރާ އަންހެނެކެވެ. 

ރާއްޖެއަށް ބަލައިފިނަމަ ގިނައީ ފުރަތަމަ ފަންގިފިލާއަށްވެސް ލިފްޓުން އަރަން ބޭނުންވާ މީހުންނެވެ. ދުޅަހެޔޮ ޞިއްހަތަކަށް އެދޭނަމަ، ތިމާގެ ޞިއްޙީ ޙާލަތު ތަންދޭ މިނަވަރަކުން ލިފްޓްގެ ބަދަލުގައި ސިޑިބަރި ބޭނުންކުރުން ކީއްތޯއެވެ؟

މިއަދު އޮންލައިން