ޖިބްރީލްގެފާނާއިމެދު އެނގުން މުހިންމު ބައެއް މައުލޫމާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ޖިބްރީލްގެފާނާއިމެދު އެނގުން މުހިންމު ބައެއް މައުލޫމާތު-

އަހުރެމެން މިތިބީ މަލާއިކަތުންނަށް އީމާންވެގެންނެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އެކަމަށް އޮތުމުންނެވެ. މަލާއިކަތުންނަކީ އެބޭކަލުންގެ މައްޗަށް ﷲ ތަޢާލާ އެންގެވި ކަމެއް ނޫނީ ކުރައްވަވާނެ ބޭކަލުންނެއް ނޫނެވެ. ވީމާ ޖިބްރީލްގެފާނުވެސް ކޮންމެ ކަމެއްވެސް ކުރައްވަވާނީ ﷲ ތަޢާލާގެ އެންގެވުމަށެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން ކީރިތި ޤުރްއާން ރަސޫލް () ގެ އަރިއަހަށް ގެނެސް ދެއްވެވީ ޖިބްރީލްގެފާނެވެ. ރަސޫލް () އަށް އެތައް ފަހަރަކު ވަނީ ޖިބްރީލްގެފާނު ފެނިވަޑައިގެންފައެވެ. ތަފާތު ސިފަފުޅުތަކުގައެވެ. 

ސާފު ހުދު ފޭރާންކޮޅުގައި އިންސާނެއް ފަދައިން ޖިބްރީލްގެފާނު ވަނީ ޞަޙާބީންނަށްވެސް ފެނިވަޑައިގެންފައެވެ. ނަމަވެސް އެބޭކަލުންނަށް އެއީ ޖިބްރީލްގެފާނުކަން އެނގިވަޑައިގަތީ ޖިބްރީލްގެފާނު އެނބުރި ވަޑައިގެންނެވިފަހުން އެކަން ރަސޫލް () ބަޔާންކުރެއްވެވުމުންނެވެ. އެކަން ހިނގައި ދިއައީ ރަސޫލް () ޞަހާބީންނާއިއެކު މިސްކިތްކޮޅުގައި އިންނަވަނިކޮށެވެ. 

ރަސޫލް  އަށް ޖިބްރީލްގެފާނު، ޖިބްރީލްގެފާނުގެ އަޞްލު ސިފަފުޅުގައި ފެނިވަޑައިގެންނެވިކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. 

"ބާރުގަދަ  އެކަލޭގެފާނަށް އެ (ވަޙީއުނގަންނައިދެއްވިއެވެ.(.)(އެ މަލާއިކަތަކީ) ވިސްނުންތެރިކަމުގެ ވެރިއެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ސޫރައި ގައި ޤާއިމު ވެވަޑައިގެން ހުންނެވިއެވެ. (.) (އެހިނދު) އެ މަލާއިކަތާ ވަނީ، އެންމެމަތީ އުދަރެހުގައެވެ. (.) ދެން އެ މަލާއިކަތާ (ރަސޫލާ އާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ. (.)އެ އަރިސްވުންވީ، ދެ ޤައުސް ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. (.) ދެން (اއެކަލާނގެ އަޅާއަށް ވަޙީކުރެއްވި އެއްޗެއް ވަޙީ  ކުރެއްވެވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީ ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.) (.) 

އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. (.) އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިއަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ (.) ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ  ދެކެވަޑައިގަތްކަން ކަށަވަރެވެ. (.) ސިދުރަތުލްމުންތަހާގެ ކައިރިންނެވެ. (.) އެތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. (އެއީ މުއުމިން ތަކުންގެ ފުރާނަތަކުގެ މަރުކަޒް އެވެ.) (.) ސިދުރަތުލްމުންތަހާ  ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. (.) އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. (.) ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ. (.)

(އައްނަޖުމް ސޫރަތުގެ 5ވަނަ އާޔަތުން 18 ވަނަ އާޔަތަށް) 

ރަސޫލް () އަށް ޖިބްރީލްގެފާނު، އެމަލާއިކަތާގެ އަޞްލު ސޫރަފުޅުގައި ފެނިވަޑައިގެންނެވިކަން ޙަދީޘްފުޅުން ވެސް އެނގެން އެބައޮތެވެ. އެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ޖިބްރީލްގެފާނަށް 600 ވަރަފުޅު ލިބިވަޑައިގެންވެއެވެ. އެއިން ކޮންމެ ވަރަފުޅަކުން މުޅި އުދަރެސް ފުރައިލެވިފައިވާކަންވެސް އެނގެން އެބައޮތެވެ! 

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ މިފަދަ ވާހަކަތައް އެނގުމަކީ މައުލޫމާތު މުއްސަނދިވުމުގެ އިތުރުން އެމީހެއްގެ ހިތުގައި ރަސޫލް () ގެ މައްޗަށް ލޯބިއިތުރުވެގެންދާނެ ކަމެކެވެ. ކީރިތި ޤުރްއާނާއިއެކު ވަގުތު ހޭދަކުރައްވާށެވެ! ވިސްނުންތެރިކަމާއިއެކު މާނަ ވިދާޅުވަމުން ގެންދަވާށެވެ! އެއީ ކުރަން އެންމެ ފައިދާހުރި އެއްކަންތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

  

 

މިއަދު އޮންލައިން