ޢުމުރުން ދުވަސްވުމުން ކުރިމަތިވާ ހަނދާންނެތުމުގެ މައްސަލަތަކަށް ޙައްލު ހޯދަން ފަސޭހައިން ކުރެވިދާނެ ކަމެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޢުމުރުން ދުވަސްވުމުން ކުރިމަތިވާ ހަނދާންނެތުމުގެ މައްސަލަތަކަށް ޙައްލު ހޯދަން ފަސޭހައިން ކުރެވިދާނެ ކަމެއް-!

އެންމެންނަކީ އެމީހަކު ބޭނުންހައި ވަރަކަށް ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ ތަނަވަސްކަން ލިބިގެންވާ ބައެއް ނޫނެވެ. ނަމަވެސް ވިސްނައިގެން އުޅެފިނަމަ ޞިއްޙަތަށް ފައިދާހުރި ކާނާ ޞިއްޙަތަށް ފައިދާކުރާނެ ގޮތަށް ކެއުމަކީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. 

މިޘާލަކަށް ބުނާނަމަ ކޮންމެ މީހަކަށް އެވޮކާޑޯ ނުކެވިދާނެއެވެ. ނަމަވެސް ދޮންކެޔޮވަކެއް ކެވިދާނެއެވެ. ބޮރޮކޮލީ ޢާއި ކޯލީ ފްލާވަރ ފަދަ އަގުބޮޑު ތަރުކާރީ ނުކެވިދާނެއެވެ. ނަމަވެސް ފަސޭހައިން ލިބޭ އަގުހެޔޮ ތަރުކާރީގެ ބާވަތްތައް ކެވިދާނެއެވެ. 

ދިރާސާތަކުން އެނގޭ ގޮތުގައި ޒުވާން ޢުމުރުން ފެށިގެން، ޚާއްޞަކޮށް 40 ގެ އަހަރުތަކުގައި ޞިއްޙަތަށް ފައިދާހުރި ކާނާކާ މީހުން (ޚާއްޞަކޮށް އަންހެނުން)ގެ ތެރެއިން ގިނަ ބައަކަށް އެމީހުންގެ މުސްކުޅި ޢުމުރުގައި އެކަމުގެ ފައިދާތައް ވަރަށް ބޮޑަށް ކުރެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ 70 އާއި ގާތްވުމުން ނުވަތަ 70 އިން މައްޗަށް ދިއުމުން ގިނަ ބައަކަށް ކުރިމަތިވާ ހަނދާން ނެތުމުގެ މައްސަލަތަކަށް ޙައްލެއް ލިބޭ ކަމެވެ. 

ކާންވީ ގިނައަކުން ނޫނެވެ. މަދުންނެވެ. ހައިހޫނުކަން ފިލައި ތިމާއަށް އުޅެލެވޭނެ ވަރަށެވެ. ކާންވީ ޞިއްޙަތަށް ފައިދާކުރާނެ ބާވަތްތަކެވެ. އެއިރުން ކާމަދު އެތިކޮޅުގެ ފައިދާ ހަށިގަނޑަށް ލިބި ގިނަ ބަލިތަކަކުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ 

ދިރާސާތައް އެއިރު ކުރެވިފައިނުވިނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން މިކަންކަން އޮތީ ފެންނާށެވެ! ވީމާ މިއީ އެންމެ ފައިދާހުރި ގޮތްކަން އެއީ ޔަޤީން ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން