އިބިލީހަށް ރަތްކާޑުދައްކައިގެން އުޅެން މަސައްކަތްކުރާ މީހަކާ އިބިލީހަށް ވައިވެސް ނޭޅެވޭނެ! ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އިބިލީހަށް ރަތްކާޑުދައްކައިގެން އުޅެން މަސައްކަތްކުރާ މީހަކާ އިބިލީހަށް ވައިވެސް ނޭޅެވޭނެ! ނިކަން މިމަގުން ޢަމަލުކޮށްބަލަ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އިބިލީހަށް އަހަރެމެންގެ މައްޗަށް ބާރުފޯރުވެވެނީ އިބިލީހަށް ﷲ ތަޢާލާ ދެއްވަވާފައިވާ މާބޮޑެތި ބާރުތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެއީ ކުށްހީ އެކެވެ. ހަޤީޤަތުގައި މިވާ ގޮތަކީ އިބިލީހަށް ކުރިއެރުން ލިބެނީ އޭނާއަށް މާގިނަ ބާރުތަކެއް ލިބިގެންވާތީއެއް ނޫނެވެ. މީސްތަކުންނަށް އިބިލިހާއި ކައިރިވެވޭތީއެވެ. 

އިބިލީހަށް ތިމާ އާއި ކައިރިވެސް ނުވެވޭނެ ގޮތް ހެދުމުގެ އިޚްތިޔާރު ތިބާއަށް ލިބިގެންވެއެވެ. އެއީ ހަމަ ކުރަން ވަރަށް ފަސޭހަވެސްކަމެކެވެ. ހަމައެކަނި އޮތް މައްސަލައަކީ މީސްތަކުން ޣާފިލުވެފައި ތިބެ ދިރިއުޅެމުން އަންނަކަމެވެ. 

އިބިލީހާއި އިބިލީހުގެ ބައިވެރިންނަކީ ހަމަ އެކަނި އެންމެ މަސައްކަތަކަށް ސަމާލުކަން ދީގެން އެމަސައކަތުގައި ދެމިތިބޭ ބައެކެވެ. އެއީ މީސަތަކުން މަގުފުރެއްދުމުގެ މަސައްކަތެވެ. އެހެން އެއްވެސް ކަމަކަށް އިބިލީހާއި އިބިލީހުގެ ބައިވެރިން އެއްވެސް ސަމާލުކަމެއް ނުދޭނެއެވެ. ވީމާ ހަމަ އެކަނި އެންމެ މަސައްކަތަކަށް ސަމާލުކަން ދީގެން އެ މަސައްކަތް ކުރާތީ ކާމިޔާބުކުރެވޭ މިންވަރު ބޮޑީއެވެ. 

އިންސާނުންނަށް މިވާގޮތަކީ އެތައް ބައިވަރު ކަންތައްތަކަށް ސަމާލުކަން ދެވެނީއެވެ. ﷲ ތަޢާލާ އަނގަވާފައިވާ ކަންތައްތަކުގެ އިތުރުންވެސް އެތައް ބައިވަރު ކަންތައް ތަކަކަށް ސަމާލުކަން ދެވެނީއެވެ. އެކަމުގެ ވަރަށް ކުޑަކުޑަ މިސާލެއް ބުނެދެން ހެއްޔެވެ؟

ﷲ ތަޢާ އަންގަވާފައިވަނީ މީސްތަކުން ދުނިޔެއަށް ފޮނުއްވެވީ އެކަލާނގެއަށް އަޅުކަން ކުރުމަށް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި މިސްކިތުގައި ކުރާ އަޅުކަމެއް ނޫނެވެ. ކެއިން ބުއިމަށް ކުރާ މަސައްކަތްތަކާއި ޢާއިލާ ބެލެހެއްޓުންވެސް ހިމެނެއެވެ. މައިން ބަފައިންނާއި އަނބިދަރިން ބެލެހެއްޓުން ވެސް ހިމެނެއެވެ. އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން އިންސާނިއްޔަތަށް ފައިދާކުރާ ކޮންމެ ޚިދުމަތަކީވެސް އަޅުކަމެކެވެ. ވީމާ މިފަދަ ހުރިހާ ކަމެއް ކުރަން އެބަޖެހެއެވެ. ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.

މައްސަލަ މިނުކުންނަނީ އެއިގެ ބޭރަށް ނުކުމެވޭތީއެވެ. ހަޤީޤަތުގައި ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ކަންކަމަށްވުރެ ގިނަ ވަގުތު ދެވެނީ އަންގަވާފައި ނުވާ ކަންކަމަށެވެ. މިސާލަކަށް ކައިވެނިކޮށްގެން އުޅޭ މީހަކު ހިލޭ އަންހެނުން ނުވަތަ ފިރިހެނުން ހޯދަން ނުވަތަ އެފަދަ މީހުންނާއިއެކު އުޅެން ވަގުތު ހޭދަކުރަން ޖެހޭ ހެއްޔެވެ؟ އެހެން މީހުންގެ ކަންތައްތަކާއި ބެހި ފާރަލާން އެންގެވިހެއްޔެވެ؟ ރައްޓެހިންނާއިއެކު ކަމަށް ބުނެ ވަގުތުތައް ބޭކާރުކުރަން ޖެހޭ ހެއްޔެވެ؟ 

ނިކަން މިބުނި މިސާލުގައިވާ ފަދަ ބޭކާރު ކަންތައްތައް ކުރުން ހުއްޓައިލަބަލާށެވެ! ހަމައެކަނި ކުރިން ބަޔާންކުރި ފަދައިން ހަމައެކަނި ﷲ ތަޢާލާ އެންގެވި ކަންތައްތައް ކޮށްބަލާށެވެ! ހުރިހާ ވަގުތުތަކެއްގައި ވެސް ﷲ ތަޢާލާ މަތިވެރިކުރުންމަތީގައި ހުރެބަލާށެވެ! އިބިލީހަށް ތިބާ އާއި ކައިރިވެސް ނުވެވޭނެއެވެ.   

ހަޤީޤަތުގައި މިވާ ގޮތަކީ އިބިލީސް ކުރާ ހަމައެކަނި މަސައްކަތަކީ ހުރިހާ އެންމެން މަގުފުރައްދާނެ ކަމަށް އޭނާ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތެވެ. އަހަރެމެން ފެއިލްވަމުން މިދަނީ ﷲ ތަޢާލާ އަހަރެމެން އުފެއްދެވި މަޤްޞަދު މަތިން ހަނދުމަނެތިކޮށް އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރާތީއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން