ފިރިމީހާ އަށް ސިއްރުން ހިލޭ ފިރިހެނަކަށް މެސެޖްކޮށް ވާހަކަ ދެއްކުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިރިމީހާ އަށް ސިއްރުން ހިލޭ ފިރިހެނަކަށް މެސެޖްކޮށް ވާހަކަ ދެއްކުން ހުއްދަވާނެތޯ؟

ފިރިމީހާ އަށް ނޭންގި ހިލޭ ފިރިހެނަކަށް މެސެޖް ކޮށް ވާހަކަ ދެއްކުމަކީ މީ ކޮންކަހަލަ ކަމެއްތޯ؟ 

ފިރިމީހާއަށް ނޭންގި، އެއީ ވަރަށް ބޮޑު ޚިޔާނާތެއް އެއީ. އެއީ ޒިނޭއަށް މަގުފަހިވެގެން ދާ ކަމެއް އެއީ. އަދި އެކަމުގެ ސަބަބުން އޭނާގެ ކައިވެންޏަށްވެސް ބުރުއަރާނެ ކަންތައްތައް އެހުންނަނީ. މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާވޮޑިގެންވޭ. ފިރިމީހާއަށް ނޭންގުނެއް ކަމަކު އެ ޢަޒާބު ދެއްވާ ފަރާތް، ހިސާބު ބައްލަވާ ފަރާތް ބަރާބަރަށް މޮޅަށް ދެނެވޮޑިގެންވޭ އޭނާ އެކުރާ ކަންތައް. އެފަރާތަށް ވަންހަނާ ވެގެން އެއްވެސް ކަމެއް ނުކުރެވޭނެ. 

--- " އުޑުތަކުގަވެސް އަދި ބިމުގަވެސް އެކަލާންގެއަށް ވަންހަނާވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ. އެއްވެސް ކަމެއް ނުހިނގާނެ އެކަލާންގެއަށް ވަންހަނާވެގެންނެއް. އެހެންމަ އެކަލާންގެ އެބަ ދެނެވޮޑިގެންވޭ ބަރާބަރަށް. އެހެންކަމުން އެ ކައިވެނީގެވެސް ބަރަކާތް ކެނޑިގެން އެބަދޭ އެކަމުގެ ސަބަބުން. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑުއްވާލައްވާނެ ބަރަކާތް، އެގޮތަށް ޚިޔާނާތްތެރިވާކަމުގަ ވާނަމަ. އެއީ އަނބިމީހާއަށް ފިރިމީހާއަށް ވެވޭ ޚިޔާނާތެއް އެއީ އެގޮތަށް ފިރިމީހާއަށް ނޭންގި ހިލޭ ފިރިހެނުންނާ ގުޅުން ބޭއްވުން. އެގޮތަށް ހިލޭ ފިރިހެނުންނާ ޒުރޫރީ ކަމެއްގަ މެނުވީ ގުޅުމެއް ނުބޭއްވޭނެ، ޒުރޫރީ ކަމެއްގަމެނުވީ. އެއީ މިސާލަކަށް ދީނީ ސުވާލެއް ކުރުމަށްޓަކާ ހިލޭ ފިރިހެނަކަށް ކޮންމެ ގޮތެއްވިޔަސް ގުޅިދާނެ އެކަން ދަންނަ މީހަކަށް. އެބާވަތުގެ ކަންތައްތައް، އެއީ ޒުރޫރީކަންތައްތަކުގަ ނޫނިއްޔާ ހިލޭ ފިރިހެނަކާ އަނބިމީހާއަކާ އެއްވެސް ގުޅުމެއް ނުބޭއްވޭނެ. އަދި އެގޮތަށްވެސް ހިލޭ ފިރިހެނަކާ ވާހަކަ ދައްކާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ފަރުދާއެއްގެ ނިވަލުގައި ހުރެގެން ވާހަކަ ދައްކާށޭ. އެގޮތޭ ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑީ އަދި ތިޔަބައިމީހުންގެ ހިތްތަކަށް އެންމެ ޠާހިރުކަން ބޮޑީ އެގޮތެވެ.

 

--ޝައިޚް މުޙައްމަދު އިބްރާހީމް

 

މިއަދު އޮންލައިން