ސުވަރުގެއާ ގާތްވުމަށް ހުރަސް އެޅި ސުވަރުގެއާ ދުރަށް ދާންޖެހޭ 3 ކަމެއް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ސުވަރުގެއާ ގާތްވުމަށް ހުރަސް އެޅި ސުވަރުގެއާ ދުރަށް ދާންޖެހޭ 3 ކަމެއް!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ކޮންމެ މުސްލިމަކުވެސް މަސައްކަތްކުރާނީ ސުވަރުގެ ލިބިގަތުމަށެވެ. އެހެންކަމުން މަސައްކަތްކުރާނީ ސުވަރުގެއާއި ވީހާބޮޑަށް ގާތްވުމަށެވެ. އެހެން ކަމުން މިބުނެދެނީ ސުވަރުގެއާއި ގާތްވުމަށް ހުރަސް އެޅޭ، ސުވަރުގެއާއި ދުރަށް ދާންޖެހޭ 3 ކަމެކެވެ. 

ފުރަތަމަ ކަމަކީ ދަހިވެތިކަން ބޮޑުވުމެވެ. އެހެން މީހުންނަށް އެހީތެރިވެދޭން ފަސްޖެހުމެވެ. 

ދެވަނަ ކަމަކީ ތިމާގެ އުފަލަށްޓަކައި ކުރަންބޭނުންވާ ކަމަކީ އެކަމެއްކުރަން ﷲ ތަޢާލާ ނަހީކުރައްވަވާފައިވީ ކަމެއް ނަމަވެސް ގިނަ ބައަކު އެކަންކުރާތީ ﷲ ތައާލާގެ އެންގެވުމަށް ވިސްނާވެސް ނުލައި، ބިރުވެތިވުމެއް ނެތި އެކަންކުރާ މީހުންނެވެ. 

ތިންވަނަ ކަމަކީ ތިމާއަކީ އެހެން މީހުންނަށްވުރެ މޮޅު މީހަކު ކަމަށް ޤަބޫލުކުރެވުމެވެ. އެއިގެ ތެރޭގައި އެންމެ ދެރަ ނިކަމެތިކަމަށް ފެންނަ މީހުންނާއިމެދު އެގޮތަށް ވިސްނުން ހިމެނެއެވެ. މީހާ ހުންނަ ގޮތަކުން ނުވަތަ އުޅޭ ދަތިޙާލުގެ ސަބަބުން އޭނާއަކީ ދެރަ ނިކަމެތި މީހަކު ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އޭނާއަކީ ކިތަންމެ މަތިވެރި މީހަކަށްވެސް ވެދާނެތީއެވެ. ތިމާގެ މޮޅުކަން ތިމާއަށް ވިސްނޭނަމަ އެމީހަކު ވާނީ ބޮޑާ ކިބުރުވެރިންގެ ތެރެއިންނެވެ. އެއީ ސުވަރުގޭގެ ވަސްވެސް ދެކޭނެ ބައެއް ނޫނެވެ. 

 ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

 

މިއަދު އޮންލައިން