ހަނދުމަކޮށްދިނުމެއް!: އިށީނދެއިނދެގެން ނަމާދުކުރެވޭނެ ޙާލަތާ ނަމާދާ ގުޅުންހުރި އިތުރު 2 ސުވާލުގެ ޖަވާބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހަނދުމަކޮށްދިނުމެއް!: އިށީނދެއިނދެގެން ނަމާދުކުރެވޭނެ ޙާލަތާ ނަމާދާ ގުޅުންހުރި އިތުރު 2 ސުވާލުގެ ޖަވާބު!

ސުވާލު:. އިށީންދެގެން ނަމާދު ކުރެވޭނެ ޢުޒުރު ތަކަކީ ކޮބައިތޯ؟

ސިޒޭރިއަން ހަދާފައިވާ އަންހެނަކު އޭނާ ސަޖިދައަށް، ރުކޫއަށް ދާއިރު ބަނޑަށް އަދި މައި ބަދައަށް ތަދުވާތީ އިށީންދެގެން ކުރެވިދާނެތޯ؟ މިހާރު 1 އަދި ހާފް އިޔާރސް ވަނީ.  

ޖަވާބު:. ކޮޅަން ހުރެގެން ނަމާދު ކުރަން ޢުޒުރުވެރި ވާނަމަ ނުވަތަ ރުކޫޢު، ސުޖޫދު ކުރަން އުޒުރުވެރި ވާނަމަ ގޮނޑީގައި އިށީންދެގެން އިނދެ ނަމާދު ކުރެވިދާނެ، ނަމަވެސް ކޮޅަށް ހުރެވޭ ހިސާބުގައި ކޮޅަށް ހުންނަން  ވާނެ.  

ސުވާލު:. ދަތުރުމަތީ ބަންގި ގޮވުމާ ބެހޭގޮތުން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟  

ޖުވާބު:. ދަތުރު މަތީގައި ހަމަ އެކަނި ޤަމަތް ދީފައި ނަމާދު ކުރީމައި ފުދޭނެ. إِنْ شَاءَ الله 

ސުވާލު:. ހުން އައިސް ގައިގައި ރިއްސާ ވަރުބަލިވެފައި ހުންނަ ޙާލަތް ތަކުގައި ނަމާދު ޖަމްޢު ކުރެވިދާނެތޯ؟ 

ޖަވާބު:. ޤަޞްރު ނުކޮށް ހަމައެކަނި ޖަމްޢު ކުރެވިދާނެ.

     

- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން