ނަބިއްޔުންނާއި ރަސޫލުން- 3: އެންމެ ފުރަތަމަ ރަސޫލާ

ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަބިއްޔުންނާއި ރަސޫލުން- 3: އެންމެ ފުރަތަމަ ރަސޫލާ

ޢަލީ އިޙްޞާން ފިރާޤް

 

އެންމެ ފުރަތަމަ ރަސޫލާ: 

އާދަމުގެފާނަކީ ދަރިކޮޅުންގެ ތެރެއިން ނޫޙުގެފާނު އަރަހުށި މާތްﷲ ޚިޔާރުކުރައްވައި ހޮއްވެވިއެވެ. އެކަލޭގެފާނަކީ ދުނިޔެ މައްޗަށް އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލާއެވެ. އެކަން ބުޚާރީ އާއި މުސްލިމު ރިވާކުރައްވައިފައިވާ حديث الشفاعة ން ޘާބިތުވެއެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ޤިޔާމަތްދުވަހުން މީސްތަކުން އާދަމުގެފާނުގެ އަރިހަށް އައިސް ދަންނަވާނެއެވެ. 

[އޭ އާދަމުގެފާނެވެ. ކަލޭގެފާނަކީ އެންމެހައި މީސްތަކުންގެ ބަފައިކަލުންނެވެ. އެކަލާނގެ އަތްޕުޅުން ކަލޭގެފާނު ހެއްދެވިއެވެ. އެކަލާނގެ ރޫޙުފުޅުން ކަލޭގެފާނަށް ފުރާނަ އެޅުއްވިއެވެ. ކަލޭގެފާނަށް ސަޖިދަކުރެއްވުމަށް މަލާއިކަތްބޭކަލުންނަށް އަމުރުފުޅު ކުރެއްވިއެވެ. ކަލޭގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވިއެވެ. ކަލޭގެފާނުގެ ވެރ ރައްބުގެ ހަޟްރަތުގައި  އަޅުގަނޑުމެންނަށްޓަކައި ޝަފާޢަތްތެރިވެވަޑައިގަންނަވަންވީ ނޫންތޯއެވެ؟] 

آدم عليه السّلام އެބައިމީހުންނާ މުޚާތަބު ކުރައްވާ ވިދާޅުވާނެއެވެ. 

[މީކުރިންވެސް އަދި ފަހުންވެސް ދުވަހަކު މާތްﷲ ކޯފާވެވޮޑިގެން ނުވާވަރަށް އެކަލާނގެވަނީ ކޯފާވެވޮޑިގެންފައެވެ. އެކަލާނގެވަނީ ތިމަންކަލޭގެފާނަށް ގަހާ ކައިރިވެވަޑައިގެންނެވުން މަނާ ކުރައްވައިފައެވެ. ނަމަވެސް ތިމަންކަލޭގެފާނަށްވަނީ އެ އަމުރުފުޅަށް ނުކިޔަމަންތެރިވެވިފައެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިމަންކަލޭގެފާނުގެ ނަފްސެވެ. ތިޔަބައިމީހުން އެހެން ބޭކަލެއްގެ އަރިހަށް ދާށެވެ. نوح عليه السّلام ގެ އަރިހަށް ދާށެވެ.] 

ދެން އެބައިމީހުން نوح عليه السّلام ގެ އަރިހަށް ގޮސް ދަންނަވާނެއެވެ. [ކަލޭގެފާނަކީ މީސްތަކުންގެ ގާތަށް ފޮނުވުނު އެންމެ ފުރަތަމަ ރަސޫލާއެވެ. މާތްﷲ ކަލޭގެފާނަށް ދެއްވައިފައިވަނީ ގިނަގިނައިން ޝުކުރުވެރިވާ އަޅާގެ މަތިވެރި ލަޤަބެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑުމެންނަށްޓަކައި ޝަފާޢަތްތެރިވެވަޑައި ނުގަންނަވާނުތޯއެވެ؟] نوح عليه السّلام ވެސް އެކަމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ.[البخاري (ت ٢٥٦صحيح البخاري ٣٣٤٠ / مسلم (ت ٢٦١صحيح مسلم ١٩٤}

 

 

މިއަދު އޮންލައިން